ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ވެރިކަމެއް އަންނާނެ، ގާނޫނާއި ހިލާފުވާ ބައެއްގެ މައްޗަށް އިންސާފު ގާއިމު ކުރާނަން: ޢަފޫރު

ހަނިމާދޫ ދާއިރާގެ މެމްބަރު ގަފޫރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމެއް ގާއިމުވުމުން މި ދައުރުގައި ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގައިފިނަމަ އެ ބައެއްގެ މައްޗަށް އިންސާފު ގާއިމުކޮށް ޖަލަށް ލާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މީޑިއާ ރެގިއުލޭޝަން މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ޢަފޫރު ވިދާޅުވީ، ދޮގު ހަބަރުތައް ތައްޔާރުކޮށް ފެތުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ދެކިވަޑައިގްނަނަވާކަމަށެވެ. ނަމަވެސް އެއީ މަދު ބަޔަކު ހިންގަމުންދާ އަމަލެއްކަމަށެވެ. މެމްބަރު ވިދާޅުވީ، ރާއްޖޭގައި މާލިއްޔާތުން ނަހަމަ ބޭނުންތަކެއް ނުކުރާ އެއް ދުވަސްވެސް ނުހިނގާކަމަށެވެ. އަދި އެފަދަ ކަމެއް ހިނގުމުން ގޯސްވާންވީ އެ ވާހަކަތައް ދައްކަމުންދާ މީހެއްތޯ ސުވާލު ކުރެއްވިއެވެ.

ޢަފޫރު ވިދާޅުވީ، ހުތުބާ ލިޔާ މީހުން ގެންގޮސް އިންޒާރު ދީގެން އެވާހަކަތައް ހުތުބާ މެދުވެރިކޮށްވެސް ގެންނަމުންދާކަމަށާއި ރައްޔިތުން އެފަދަ ވާހަކަތައް ނުދެއްކުމަށް ހުތުބާގައިވެސް އިލްތިމާސްކުރާކަން ފާހަގަކުރެވޭކަމަށެވެ. މެމްބަރު ވިދާޅުވީ، ރައްޔިތުން އަނގައިގައި ޓޭޕު އަޅައިގެން ތިބެން ނުޖެހޭކަމަށާއި ހަގީގަތާއި އެއްގޮތަށް ރައްޔިތުން ބަސް ބުނަން ޖެހޭނެކަމަށެވެ.

މެމްބަރު ވިދާޅުވީ، ރާއްޖެއަކީ ރައްޔިތުންގެ ގައުމެއްކަމަަށާއި ބަސް ބުނުމުގެ ހައްގަކީ ރައްޔިތުންނަށް މުތުލަގަށް ލިބިފައިވާންޖެހޭނެ ހައްގެއްކަމަށެވެ. އަދި ގާނޫނުން ބަދަލުކުރި ނަމަވެސް މީހާގެ ސިކުނޑީގައި ޓޭޕެއް ނޭޅޭނެކަމަށާާއި މިހާރު ފެންނަމުންދަނީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށްޓަކައި މަގުފަހިކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ މަންޒަރުކަމަށެވެ.

ޢަފޫރު ވިދާޅުވީ، މިހާރު ކުރަމުންދާ ގޮތަށް ވެރިކަން ކުރުމުން ކަންވާގޮތް ފެނިގެންގޮސްފައިވާކަމަށާާއި ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށް ހުކުމް ޖެހުމުން ކޯޓުތަކުގައި ފަނޑިޔާރުންނަށް ތިބެވޭތޯ ބެލުމަށްވެސް އެދިވަޑައިގެންނެވިއެވެ. މެމްބަރު ވިދާޅުވީ، އަބަދު ކަންކަން ދޫކޮށްލައިގެން ނުތިބޭނެކަމަށާއި އެމްޑީޕީން އަދި ވެރިކަމަށް އަންނާނެއިރު ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގައިފިނަމަ އެބަޔަކު ޖަލަށް ލާނެކަމަށް އިންޒާރު ދެއްވިއެވެ.

މެމްބަރު ވިދާޅުވީ، އެފަދަ އަމަލެއް ހިންގީ ފަނޑިޔާރެއް ވިޔަސް ޖަލަށް ލާނެކަމަށާއި ކަންކަން ކުރަންވީ ގޮތް ގާނޫނުގައި ލިޔެފައި ހުރިއިރު އަބަދު ގޮތް ދޫކޮށްގެން ނުތިބޭނެކަމަށެވެ. އެހެންކަމުން ގާނޫނާއި ހިލާފަށް އަމަލުކުރާނަމަ އެމްޑީޕީގެ ވެރިކަމެއްގައި ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ޢަފޫރުވަނީ އެމްޑީޕީން އަނެއްކާވެސް ވެރިކަން ގާއިމުކުރާނެކަން ޔަގީންވެވަޑައިގަންނަވާކަން ހިއްސާކުރައްވާފައެވެ. އަދި އެ ދުވަހަކު ގާނޫނާއި ހިލާފުވެފައިވާނަމަ ފަނޑިޔާރެއް ނަމަވެސް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް ހުކުމް ކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: