ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ މެގަސޭލް އިން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު!

މެގަސޭލް ޕްރޮމޯޝަން ފެށުން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަގު ހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތާއިއެކު އެސްޓީއޯއިން މެގަ ސޭލްގެ  ނަމުގައި ޕްރޮމޯޝަންއެއް ފަށައިފިއެވެ.

މެގާ ސޭލް ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތު އާންމުކޮށް އެސްޓީއޯއިން ބުނެފައިވާގޮތުން މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި 500 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކުރައްވާ ކޮންމެ ބޭފުޅަކަށްވެސް ކޫޕަނެއް ލިބިވަޑައިގަންނަވާނެކަމަށާއި އެކުންފުނިން ވިއްކާ މުދަލުން 35 އިންސައްތައާއި ހަމައަށް ޑިސްކައުންޓު ލިބިގެންދާނެކަމަށް ހިއްސާކޮށްފައިވެއެވެ.

އެސްޓީއޯގެ މެގަ ޕްރޮމޯޝަންގެ ދަށުން ތަފާތު 2 ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސުން 500 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވުމަށް ކޫޕަނެއް ލިބިގެންދާނެއެވެ. ލަކީ ޑްރޯއިގެ ގުރުއަތުން 3 ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ނަސީބުވެރި ފަރާތްތްކަށް އަގުހުރި ގިނަ އިނާމު ތަކެއް ލިބިގެންދާނެއެވެ.

ދިނުމަށް ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރޭގައި:

1 ވަނަ އަށް ހޮވޭ ފަރާތަކަށް – ފިލިޕްސް 50 އިންޗިގެ ޓީވީ އަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑް ގެ އައިސްއަލަމާރިއެ

2 ވަނަ އަށް ހޮވޭ ފަރާތަކަށް – ހިޓާޗީ ވޯޓަރ ޑިސްޕެންސަރ، ދޮންނަ މެށިން އަދި ހިޓާޗީގެ ފަންކާ

3 ވަނައަށް ހޮވޭ ފަރާތަކަށް – ހިޓާޗީ ޑިޝް ވޮޝަރ އަދި ރައިސް ކުކަރެއް

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައިވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖް ތަކަށް ފޮލޯ ކުރުމަށް ފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ޕޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާ ކުރައްވައިގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕަރއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމައެއާއިއެކު މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ބައްލަވައިގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް #stopeopleschoice ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް  #MegaSalePC އިއެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮއްލައިގެން ވަރަށް އަގުހުރި ފިލިޕްސް އެއަރ ފަރަޔަރ އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: