ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދާ އަގުހެޔޮކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާނެ އެހީތެރިކަން ސަރުކާރުން އިންތިޒާމުކުރި: އިބްރާހިމް ހުސައިން

މެމްބަރު އިބްރާހިމް ހުސައިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތުންނަށް ލިބޭ މުދާ އަގުހެޔޮކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާނެ މާލީ އެހީތެރިކަން ސަރުކާރުން އިންތިޒާމުކޮށްދީފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ވިދާޅުވީ، ގައުމުގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަކީ އެންމެނަށްވެސް އެނގޭ ހަގީގަތެއްކަމަށެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު އަހަރަކުން އަހަރަކަށް ފަތުރުވެރިން އަންނަ އަދަދުތައް އިތުރުވަމުންދާކަން ސާފުކޮށް ފެންނަން އޮތްކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އެހެންކަމުން ގައުމުގެ އިގްތިސާދު ރަނގަޅުވަމުންދާކަން ޔަގީންވެވަޑައިގަންނަވާކަމަށާއި ފެންނަމުންދަނީ ރަނގަޅު މިސްރާބެއްގައި ދަތުރުކުރަމުންދާ މަންޒަރުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑޮލަރުގެ ތާށިކަން އޮތްކަމުގެ މައްޗަށް އަލިއަޅުއްވައި މެމްބަރު ވިދާޅުވީ، މާލީ އިގްތިސާދީ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް ޑޮލަރުގެ ތާށިކަމެއް ހުންނަނީ ޑޮލަރުން ލޯނުތައް ދައްކަންޖެހުމާއި ގުޅިގެންކަމަށެވެ. މެމްބަރު ވިދާޅުވީ، ލޯނުތަކެއް ނަގާފައިހުރީ ދިވެހި ރުފިޔާއިން ދައްކާގޮތަށް ނޫންކަމަށާއި ބޭރުގެ ފައިސާގެ ސިޔާސަތުތަކެއް ކަނޑައަޅާފައިވާނަމަވެސް ހާލަތު ބަދަލުކުރަން ވަގުތު ނަގާނެކަމަށެވެ.

މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވީ، ކަމެއް ނޫނީ ގާނޫނަކަށް އިސްލާހު ގެނެއި ނަމަވެސް ވަގުތުން ވަގުތަށް ހައްލުތަކެއް އަންނަ މަންޒަރު ނުފެންނާނެކަމަށެވެ. އަދި ކަމެއް ހަލާކުވުމުން ނުވަތަ ކޮށްލުމުން ރަނގަޅުކުރުމަށް އެތައް ސަތޭކަ ގުނަ އިތުރު ދުވަސްތަކެއް ހޭދަވެގެންދާނެކަމަށެވެ. ހަލާކޮށްލުމަކީ ފަސޭހަ ކަމެއް ކަމަށާއި އާރާސްތުކުރަން އެތައް ދުވަހެއް ހޭދަވެގެންދާނެކަމަށް ވިދާޅުވެ، ރާއްޖޭގެ އިގްތިސާދަށް ދިމާވެގެން އުޅެނީ އެއްފަދަ ހާލަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބާޒާރުގައި މުދަލުގެ އަގު އުފުލެމުންދާ މައްސަލައަށް އަލިއަޅުއްވައި މެމްބަރު ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރު ދުވަސް ވެގެންދާއިރު މާލީ ނިޒާމުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކަށް ބަލާލުން މުހިންމުކަމަށެވެ. މީގެ ކުރިން ވިޔަފާރިވެރިން ބޭންކު މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވާއިރު ހަމަޖައްސައިދެނީ އޭގެ ތެރެއިން އެންމެ ފަސް އިންސައްތައަށްވާ ފައިސާކަމަށްވާއިރު މިހާރު 30 އިންސައްތަ ހަމަޖައްސައިދޭކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ދައުލަތުންދަނީ ވިޔަފާރިވެރިންނަށް ލުއިކޮށްދީ ރައްޔިތުންނަށް ބޭނުންވާ މުދާ އަގުހެޔޮކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންކަން ފެނިގެންދާކަމަށާއި ގާބިލުކަން ހުރި މިންވަރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ، ފޯރުނުކޮށްދޭކަމަށް ބުނުމުގެ ޖާގައެއް ނެތްކަމަށާއި އެހެންކަމުން މުދަލުގެ އަގު ހެޔޮނުވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެއްދުން މުހިންމުކަމަށެވެ.

ރާއްޖެއަށް މުދާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށާއި ވިޔަފާރިންނަށް ބޭނުންވާ މިންވަރަށް މުދާ އެތެރެކުރުމުގެ ފުރުސަތު އޮތްކަމަށް މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވިއެވެ. ނަމަވެސް މިވަގުތު މާކެޓް ޝޯޓޭޖެއްގެ މައްސަލަ ދިމާވެފައިވާކަމަށާއި މާކެޓުގައި އޮރެންޖާއި އާފަލުފަދަ މުދާ ނެތުމުން ވިޔަފާރިވެރިން އަގުބޮޑުކޮށް ވިއްކަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ވިޔަފާރިވެރިން މިކަމާއިމެދު ވިސްނާވަޑައިގެންނެވުން މުހިންމުކަމަށް ގަބޫލުކުރައްވާކަމަށާއި މުދާ މަދުވިޔަސް އަގު ބޮޑުކުރުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިގެންދާ މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: