ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން މާރިޔާ ސުއޫދު އާއި މަޝްވަރާ ކުރައްވައިފި

ދިފާއީ ވަޒީރު މާރިޔާ ދީދީ މަރުތަކާއި ބެހޭ ކޮމިޝަނުގެ ރައީސް ހުސްނުއް ސުޢޫދުއާއި ބައްދަލުކުރެއްވުން: ފޮޓޯ އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިނިސްޓަރ އޮފް ޑިފެންސް މާރިޔާ ދީދީއާއި އެމްއެންޑީއެފްގެ އެންމެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޑިފެންސް މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި ރިޟްވާނުގެ މަރުގެ މައްސަލާގައި ކޮމިޝަނުން ނެރެފައިވާ އިންޓެރިމް ރިޕޯޓާމެދު މަޝްވަރާ ކުރި ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އެހެން ނަމަވެސް ހައްދުފަހަނައަޅާ ދިޔުމާއި ވަޔަލެންޓް އެކްސްޓްރީމިޒަމްގެ އަމަލުތައް ރާއްޖޭގައި ހިނގާކަމީ، އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއްގެ ގޮތުގައި އެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފާހަގަ ކުރެއްވި އެވެ.

އަދި އެފަދަ ކަންކަމަކީ، ރާއްޖޭގެ ގައުމީ ސަލާމަތާއި ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ، ގައުމީ ދިފާއީ ބާރާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ސުލްހަވެރި، އަމާން ގައުމެއްގެ ގޮތުގައި ރާއްޖެ ދެމަހައްޓަން ރައީސް ސޯލިހް ގެންގުޅުއްވާ ”ޕޮލިސީ އޮފް ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް“ ތަންފީޒު ކުރަން ފިޔަވަޅުތައް އަޅާނެ ކަމާއިމެދުވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: