ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އަރުވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އަރުވައިފިއެވެ.

މި ޝަރަފު އުތީމު ރައްޔިތުންނަށް އަރުވާފައިވަނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެގޮތުން ޝަރަފުގެ އައްޑަނަ ޙަވާލުކޮށްދެއްވީ ރައީސް ޑރ މުޙައްމަދު މުއިއްޒުއެވެ. އަދި ޝަރަފުގެ އައްޑަނައާ ޙަވާލުވެވަޑައިގެންނެވީ އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދެވެ.

މި ޝަރަފު އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ހަމައެއާއެކު، އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ.

މި ރަސްމިއްޔާތުގައި އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި އެ ރަށު ރައްޔިތުން ދޭ ޚާއްސަ އިސްކަމާއި، އެކަންކަން ކުރިއަށްދާ ގޮތުގެ ތަފްސީލީ ރިޕޯޓެއްވެސް ދައްކާލާފައިވެއެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން ކުރިއަށްދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: