ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގްތަކަށް ކުޑަކުދިން ރެކްރޫޓު ކުރާ ޙާލަތްތަކުގައި ދެން ލިބޭ އަދަބު ބޮޑުވާނެ: ޑެޕިއުޓީ ޕީޖީ

ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަށް އަމަލުކުރަން ފަށާފައިވާ ގޭންގު ކުށްތަކުގެ ޤާނޫނުގެ ދަށުން ގޭންގްތަކަށް ކުޑަކުދިން ރެކްރޫޓު ކުރާ ޙާލަތްތަކުގައި ލިބޭ އަދަބު ބޮޑުކަމަށް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނަރަލް އައިޝަތު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ތިލަފަތް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިޝަތު ވިދާޅުވީ، މެއި މަހުގެ ތެރޭގައި މި ޤާނޫނު ތަސްދީޤުކުރި ހިސާބުން ފެށިގެން ޤާނޫނަށް އަހުލުވެރި ކުރުމުގެ ޙަރަކާތްތައް ޕީޖީ އޮފީހުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރުންނާއި، ފުލުހުންގެ ތަހުގީގީ އޮފިސަރުންގެ އިތުރުން، ފްރަންޓްލައިން އޮފިސަރުންނާއި، ނޫސްވެރިންނަށްވެސް ތަމްރީނުތައް ފޯރުކޮށްދީފައިވެއެވެ.

އައިޝަތު ވިދާޅުވީ، ކުށް ކުރާ ގްރޫޕަކަށް ތާއީދު ކުރުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެއް ކަމަށާއި، އެގޮތުން އެމީހަކު ދައްކާ ވާހަކައަކުން ނުވަތަ އަމަލަކުންވިޔަސް ކުށް ކުރާ ގްރޫޕުތަކަށް ތާއީދު ހޯދުމަކީ ކުށެއް ކަމަށެވެ. އަދި އެ ޙާލަތުގައި ކުޑަ ކުއްޖަކު ގްރޫޕަކަށް ވެއްދުމަށް މަސައްކަތް ކުރާނަމަ ލިބޭ އަދަބުވެސް ބޮޑެވެ.

މީގެ އިތުރުން، ކުޑަކުދިން ”އެކްސްޕްލޮއިޓް“ ކުރުމުގެ ކުށްތައް މިފަހުންވެސް ފާހަގަވެފައިވާ ކަމަށާއި، އެފަދަ ކުށްތައް އިތުރުވެފައިވާކަމަށް ފުލުހުންގެ ފަރާތުންވެސް މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަކުއްޖަކު އެފަދަ ގްރޫޕަކަށް ރެކްރޫޓު ކުރާ ޙާލަތްތަކުގައި އަދަބު އެބަ ބޮޑުވެގެންދޭ

ހަމައެއާއެކު، ފިހާރަތަކުން ވަޅި ގަތުމަށްޓަކައި ގްރޫޕުތަކުން ކުޑަކުދިން ބޭނުންކުރާ ކަމަށާއި، އެކަން ޙައްލު ކުރުމަށްވެސް ޤާނޫނުގައި މާއްދާތަކެއް ހިމެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެއީ ކުށެއްކަމަށް ޤާނޫނުގައި ބަޔާންކުރެވިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ތޫނު ހަތިޔާރު ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަމުގެ ނަތީޖާތަކެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އައު ގޭންގް ކުށްތަކުގެ ޤާނޫނުގައި އެކަންކަމަށްވެސް ޙައްލު ލިބިދީފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ގޭންގް ކުށްތަކުގެ އައު ޤާނޫނަށް އަމަލު ކުރަން ފަށާފައިވަނީ 25 އޯގަސްޓު 2025 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: