ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ވަޒީފާގައި ތިބި މީހުންގެ ސަނަދުތައް އަލުން ވެރިފައި ކުރާވަރު ވެއްޖެ: އެމްކިއުއޭ

އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ވަޒީފާގައި ތިބި މީހުންގެ ސަނަދުތައް އަލުން ވެރިފައި ކުރަންޖެހޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފިޒާނާ ފާހަގަކުރެއްވި ގޮތުގައި، 2017 ވަނަ އަހަރު އެމްކިއުއޭއިން ރާއްޖޭގައި ހިންގާ ކޯސްތަކުގެ ސަނަދުގައި ވެލިޑޭޝަން ސްޓޭމްޕް ޖެހުން ހުއްޓާލުމާ ގުޅިގެން ދިމާވި މައްސަލަތައް އިތުރުވެގެން ގޮސްފައިވެއެވެ. އޭރު އެ އިދާރާ އާއި ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާ ކުރުމަށްފަހު ގެންގުޅުނު އުސޫލަކީ އެންމެ ރަނގަޅު އުސޫލެއް ނޫންކަން ފާހަގަކުރައްވައި، އެ އުސޫލު މިދިޔަ އަހަރު ވަނީ ހުއްޓުވާފައެވެ.

”ފޭސްބުކްގައި ސައްޙަ ނޫން ސަނަދުތަކާ އެކު މުހިއްމު ދާއިރާތަކުގައި މީހުން ވަޒީފާ އަދާކުރާކަން ފެންނަނީ ވަރަށް ހިތާމަހުރި ކަމެއް،“ ފިޒާނާ ވިދާޅުވިއެވެ. އަދި މިފަދަ ސަނަދެއް މިދިޔަ ހަފުތާގައި ވެސް އެމްކިއުއޭއަށް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

އެމްކިއުއޭއިން މިހާރު ވަނީ 2017 ވަނަ އަހަރު ކޮށްފައި ހުރި ޕްރޮގްރާމް އޮޑިޓްތައް އަލުން މުރާޖަޢާ ކުރަން ފަށާފައެވެ. މި މުރާޖަޢާގައި ފޯޖުކޮށްފައިވާ ސަނަދެއްގެ މައްޗަށް ކިޔަވާފައި ހުރި ނަމަ އެ ސަނަދެއް ބާތިލް ކުރުމަށް ފުލުހުންނަށް ހުށަހަޅާނެ ކަމަށް ފިޒާނާ ވިދާޅުވިއެވެ. މި އަހަރުގެ ތެރޭގައިވެސް މިފަދަ ސަނަދުތަކެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ފަހަކަށް އައިސް ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ހުށަހަޅާ ސައްހަނޫން އެކަޑަމިކް ސެޓްފިކެޓްތަކުގެ މައްސަލަ އިތުރުވެފައިވުމާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މި މައްސަލަތައް ތަޙުޤީޤުކޮށް، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އޮތް އިތުބާރު ގެއްލި، އާންމު ޚިދުމަތްތަކުގެ ފެންވަރަށް ނޭދެވޭ އަސަރުކުރަމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: