ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގަމުންދިޔަ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި . މީދޫ / ފުނޯސް، ޢަބްދުﷲ މިލްހާނު (33އ)
ޝެއާރކޮށްލާ ކަހަލަދޯ؟

ފޭސްބުކް މާކެޓް ޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ ތަފާތު އެކި ސްކޭމް ހިންގައި އެކި މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މީދޫ / ފުނޯސް، ޢަބްދުﷲ މިލްހާނު (33އ) އެވެ.

އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ސ. މީދޫއިންނެވެ. މި އޮޕަރޭޝަނަކީ، މި ޚިދުމަތަށް އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ޢަބްދުﷲ މިލްހާނުއަކީ ފޭސްބުކް މާކެޓް ޕްލޭސްގައި އެއްޗިހި ވިއްކާކަމަށް ބުނެ އެކި ދުވަސް މަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން އެނގިފައިވެއެވެ. އަދި މިގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް އެ މީހުންނަށް ވެސް ފައިދާއެއްދީ މި ސްކޭމްތަކުގައި ބައިވެރިކުރުވާފައިވާކަން ވެސް އެނގިފައިވެއެވެ. އަދި މިފަދަ ތިން މައްސަލައެއްގައި 16000 ރުފިޔާ މަކަރާއި ހީލަތުން އޭނާ ހޯދާފައިވާ ކަން ވެސް މިހާތަނަށް ތަހުގީގަށް އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސައްހަނޫން ޕޯސްޓުތައް ޖަހައިގެން ހިންގާ ސްކޭމްތައް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން، އޮންލައިންކޮށް ވިޔަފާރިކުރާއިރު، މުދާ ލިބުމުން ނޫނީ ފައިސާގެ މުއާމަލާތްތައް ނުކުރުުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. ފޭސްބުކް މާކެޓްޕްލޭސް 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އެއް ހަފްތާގެ ތެރޭގައި ހުށަހަޅާފައިވެއެވެ.

ސްކޭމްގެ ބާވަތްތައް:

ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް – 10 މައްސަލަ

ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް – 5 މައްސަލަ

އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަ – ކޮންމެ ބާވަތަކުން 1 މައްސަލަ

ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ވަސީލަތްތަކުގެ ތެރޭގަައި ވައިބަރ ހިމެނޭއިރު، ވައިބަރ އިން ސްކޭމް ކުރިކަމުގެ 9 މައްސަލަ ހުށައަޅާފައިވެއެވެ. ފޯނު ކޯލް މެދުވެރިކޮށް ސްކޭމް ކުރިކަމަށް 6 މައްސަލަ ހުށައަޅާފައިވެއެވެ. ދެން ސްކޭމް ކޮށްފައިވަނީ އައިބޭ، މެސެންޖަރ، ޓެލެގްރާމް، އިންސްޓަގްރާމް މެދުވެރިކޮށެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެދި އެންޓި ސްކޭމް ސެންޓަރުން ވަނީ ޝައްކު ހިތުގައި އުފެދޭނަމަ، ޔަޤީންކުރުމަށްވެސް އެދިވަޑައިގެންފައެވެ. ސްކޭމްއިން ރައްކާތެރިވުމަށް ހުރިހާ ފަަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށް އެއްވެސް ލިންކަކަށް ނުފިއްތެވުމާއި ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިވަޑައިގެންފައެވެ. މި މެސެޖް އެހެން ފަރާތްތަކަށް ވެސް ހިއްސާ ކޮށްދެއްވުމަކީ އެންޓި ސްކޭމް ސެންޓަރުގެ ވަރަށް ބޮޑު އެދުމެކެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.

2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.

3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.

4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.

5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.

އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެކެވެ.

އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަމަށް ފާހަގަކޮށްފައިވެއެވެ. އާންމުން މިކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: