ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހދ އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނާނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށްޓަކާ، ސަރުކާރުގެ އެހީތެރިކަމާއި އެކު އެއަތޮޅު ނާގޯށީގެ މަސައްކަތް ފެށުމަށް އެމް.ޓީ.ޑީ.ސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، ތިލަދުންމަތީ ހ،ދ ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެއީ ވަރަށް ދުވަސްވެފައިވާ އަދި ޢަމަލީ މަސައްކަތް ފެށިފައިނުވާ މަސައްކަތެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން މަގުފަހިކޮށްދެއްވައިގެން، އެމްޓީޑީސީގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައިވާ ކަމަށެވެ. މީގެއިތުރުންވެސް ހދ އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ނަތީޖާފެންނާ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ހދ އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޓޫރިޒަމް ތަރައްޤީވެފައިވާ އަތޮޅަކަށް ހެއްދެވުން ކަމަށެވެ. އެގޮތުން ހދ އަތޮޅުގެ ވަރަށް ގިނަ ފަޅުތައް މިހާރުވެސް ގިނަ ލުއިތަކާއިއެކު ޓޫރިޒަމް ތަރައްޤީކުރުމަށް ހުޅުވާލާފައިވަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ކޮއްދެއްވާނެ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، ބަނދަރު ތަރައްޤީކުރުމާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށެވެ.

ހަމައެހެންމެ ހެލްތު ސެންޓަރު ތަރައްޤީކުރައްވާއިރު، ލެބޯޓްރީގެ ޚިދުމަތާއިއެކު އެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ކުރިންވެސް އެރަށަށް އެމްބިއުލާންސެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް މަގުހެދުމާއި، ވަޞީލަތް ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހެދުމާއި، ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޖެންސެޓެއް ހޯއްދަވައިދެއްވާނެކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްއޔާތުގައި ނައިވާދޫ ބިން ހިއްކުމާއި ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝަރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: