ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4،000 ފްލެޓަށް މީހުން ބަދަލުވާންވާއިރަށް، އެޗްޑީސީއިން އެ ސަރަހައްދުގައި 5 ބަސް ސްޓޮޕް ގާއިމްކުރަނީ

އެޗްޑީސީއިން ބަސް ސްޓޮޕް ގާއިމްކުރުމުގެ މަސައްކަތް ކުރަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

”ގެދޮރުވެރިޔާ“ މަޝްރޫއުގެ ދަށުން 4،000 ފްލެޓަށް މީހުން ބަދަލުވުމުގެ ކުރިން، އެ ސަރަހައްދުގައި 5 ބަސް ސްޓޮޕް ގާއިމްކުރާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެޗްޑީސީން ދެއްވި މައުލޫމާތުގައިވާ ގޮތުން، މިހާރު ވަނީ އެއް ބަސް ސްޓޮޕްގެ މަސައްކަތް ނިންމާފައެވެ. މީގެ އިތުރުން އެ ސަރަހައްދުގެ އެއް ބްލޮކްގެ ދުވާރު އެޅުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މިއީ އެ ސަރަހައްދަށް ބަދަލުވާން ތައްޔާރުވަމުންދާ ގިނަ އަދަދެއްގެ އާއިލާތަކަށް މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކުރި ގޮތުގައި މިހާތަނަށް 1،202 އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ. އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ ޖުލައި 21 ވަނަ ދުވަހުއެވެ.

އެފްޑީސީން މައުލޫމާތު ދެއްވި ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް، ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުން ވަގުތީގޮތުން މަޑުޖައްސާލާފައިވަނީ ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓްރީގެ އެދުމުގެ މަތިންނެވެ.

އެފްޑީސީން އިތުރަށް ފާހަގަކުރި ގޮތުގައި، ދުވާލެއްގެ މައްޗަށް ޕްރޮސެސްކުރެވޭ އެއްބަސްވުންތަކުގެ އަދަދު އިތުރުކޮށް، މި މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްތަކެއް ކުރަމުންދެއެވެ. އަދި ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސާލިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ޚަބަރަކީ ސައްހަ މައުލޫމާތެއް ނޫންކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: