ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާރަލައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވާނީ އެމްއެންޑީއެފްގެ ތެރެއިން އެ މައުލޫމާތު ދީގެން: ހަސަން ލަތީފް

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް:މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުލާމާލުވާކަމަށް ވިދާޅުވެ ވާހަކަފުޅުދައްކަވާތީ ފުލުހުންގެ ތެރެއިން ބަޔަކު ފާރަލަމުން އަންނަކަން، އެމްއެންޑީއެފުން އަންގާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވާނީ އެފަދަ މައުލޫމާތެއް އެމްއެންޑީއެފްގެ ތެރެއިން ލިބިވަޑައިގެންފައި ވާތީ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީޙުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވ ީމަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުލާމާލުވާކަމަށް ބުނެ ވާހަކަދައްކަވާ، ރިލްވާންގެ ފޯން އަޑު އެހުމަށާއި އޭނާއަށް ފާރަލަން، އޮޅުވާލައިގެން ކޯޓް އަމުރެއް ހޯދުން އެއީ ކުށެއްކަމަށް ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނަށް ފުލުހުންގެ ތެރެއިން ބަޔަކު ފާރަލަމުން އަންނަކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ އެ ވާހަކަފުޅު ދޮގު ކުރައްވާ އެމްއެންޑީއެފްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން، ދިވެހި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފާރަލަމުންދާ ކަމަށް ދަންނަވާފައި ނުވާނެ ކަމަށެވެ.

ނަމަވެސް އެމްއެންޑީއެފްގެ ބަޔާނަށް ރައްދު ދެއްވައި ހަސަން ލަތީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރިޟްވާންގެ މަރުގެ މައްސަލައިގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމަނިކުފާނަށް ފުލުހުންގެ ބަޔަކު ފާރަލަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވާނީ ނުރަސްމީޚޮށް ނަމަވެސް އެމްއެންޑީއެފްގެ ތެރެއިން ރައީސް ނަޝީދުއަށް އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައި ވާތީ ކަމަށާއި އެހެން ނޫނަމަ ރައީސް ނަޝީދު އެފަދަ ވާހަކަފުޅެއް ވިދާޅު ނުވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. 

https://twitter.com/HassanLatheef/status/1171057997209956354

އެމްއެންޑީއެފްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނ ީއެބޭފުޅެއްގެ ސެކިއުރިޓީ ބެލެހެއްޓުން ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން މަސައްކަތްކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ތްރެޓް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބަލައިގެންން ކަމަށާއި މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މިނޫން ފަރާތަކުން ވިޔަސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވާ ކަމަށެވެ.

ނަމަވެސް، އޯޕަން ސޯސްތަކުން ވިޔަސް މިފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: