ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ވޯޓާ ޕާކު ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ވޯޓާ ތީމް ޕާކު ސަރަހައްދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް މިވަގުތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މަރުވެފައި އޮތް ފަރާތަކީ ކާކުކަން އަދި މަރުވި ސަބަބު ވެސް އަދި ވަނީ ހާމަނުކޮށެވެ.

ވޯޓާ ތީމް ޕާކަކީ 2017 ވަނަ އަހަރު ވޯޓާފްރޮންޓު ހޮޓެލް އެންޑު ލެޝާ ކޮމްޕެނީއަށް ތަރައްޤީ ކުރުމަށް ހަވާލުކުރެވުނު ސަރަހައްދެކެވެ. ނަމަވެސް އެ ސަރަހައްދުގައި ބައެއް އިމާރާތްތައް އެޅުމަށްފަހު މަޝްރޫޢު ވަނީ ހުއްޓިފައެވެ.

މި ސަރަހައްދަކީ މިހާރު ބޭނުން ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ ސަރަހައްދެކެވެ. އަދި މި ސަރަހައްދުގެ ސަލާމަތީ ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ސަރަހައްދެކެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: