ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ފަހަރުވެސް ހާޒިރީގެ ފުލަށް މެމްބަރު ސިޔާމް

ފޮޓޯ.. ސަންގު ( ޝިޔާމް މަޖިލީހުގައި ވާހަކަދައްކަވަނީ)
ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހަރުވެސް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވި ބޭފުޅެއްގެ ގޮތުގައި މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހިމެނިއްޖެ އެވެ.

މަޖިލިހުން މިއަދު އާންމު ކުރި 19 ވަނަ މަޖިލިހުގެ ފުރަތަމަ ދައުރުގެ ހާޒިރީގައިވާ ގޮތުން އެ ދައުރުގައި ބޭއްވި 47 ޖަލްސާގެ ތެރެއިން ސިޔާމް ވަޑައިގަތީ ޖުމުލަ 16 ޖަލްސާއަކަށެވެ. އަދިވަކި ސަބަބެއް ނާންގަވައި 31 ޖަލްސާއެއްގައި އޭނާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ސިޔާމަކީ މީގެ ކުރިން ބޭއްވި މަޖިލިހުގެ އެކި ދައުރުތަކުގައި ވެސް އެންމެ ހާޒިރީ ދަށް އެއް މެމްބަރެވެ.

މިދިޔަ ދައުރުގައި ދެން އެންމެ މަދުން ޖަލްސާތަކަށް ވަޑައިގަތީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. ވަކި ސަބަބެއް ނާންގަވައި އޭނާ 7 ޖަލްސާއަކަށް ވަޑައިގަންނަވާފައެއް ނުވެއެވެ.

މަޖިލިހުން އާންމު ކުރި ހާޒިރީގެ ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން ސަލާމުގައި ހުންނެވީ ވިލިނގިލި ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސެއިން އެވެ. އޭނާ ވަނީ 12 ދުވަހު ސަލާމް ވިދާޅުވެފައެވެ. 

މަޖިލިހުގެ ހުރިހާ ޖަލްސާތަކަށް 35 މެމްބަުން ހާޒިރުވެވަޑައިގެންނެވިއެވެ. އަދި ގިނަ މެމްބަރުން ސަލާމްގައި ތިއްބެވި އިރު، އެހެން ބައެއް މެމްބަރުން ރަސްމީ ދަތުރުތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ހުރިހާ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ، 

1.ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު

2. ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ

3.ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް

4. ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު

5.މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް

6. ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް

7. ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް

8. ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

9. މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ އަހުމަދު ހައިތަމް

10.މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ

11.މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

12. ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް

13. ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

14. ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު

15. ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

16. މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ

17. މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ

18. ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް

19. އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު

20. ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް މުހައްމަދު

21.މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް

22. ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މުހައްމަދު

23. ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް

24. ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީލް (ދޮންބިލެތް)

25. ނިލަންދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްމުހްސިން ހަމީދު

26. ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް

27. ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު

28. ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ

29. ގެމަނަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސައީދު

30. ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣްނީ

31. ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ

32. ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް

33. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

34. ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު

35.ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ރަޝީދެވެ.

މިދިޔަ ދައުރުގައި 47 ވަނަ ޖަލްސާ ބޭއްވުމަށް ފަހު، މަޖިލިހުގެ މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންނެވި އިރު، މިއީ އެއް ދައުރުގެ ތެރޭގައި މިހާ ގިނަ ޖަލްސާ ބޭއްވި ފުރަތަމަ ފަހަރެވެ.

މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ 19 ވަނަ މަޖިލިހަށް 161 މައްސަލައެއް ހުށަހެޅި އިރު، އޭގެތެރެއިން 70.2 ޕަސެންޓު ނިމިފައިވާ ކަމަށެވެ.  މަޖިލިހުގެ ކޮމިޓީތަކުން 400 އަށް ވުރެ ގިނަ ބައްދަލުވުން ބޭއްވި އިރު، ކޮމިޓީތަކަށް 500 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: