ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންޑާރަނައިބު އޮފީހުގެ އަލިމަސް ޔޫބީލުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާގެ ބަސްފުޅުތަކެއް ވިދާޅުވެއްޖެއެވެ.

އެކްސް މެދުވެރިކޮށް ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި 75 އަހަރުގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހުގައި ހިދުމަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ.

”ދައުލަތުގެ ބަންޑާރަނައިބުންގެ ހައިސިއްޔަތުން މަސައްކަތްކުރައްވާ، ގައުމަށް ހިދުމަތްކޮށްދެއްވި ބޭފުޅުންނަށް ނުހަނު އިހްތިރާމް އަދާކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކޮށް ހެޔޮ އެދުންތައް އަރިސްކުރަން،“ ރައީސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކޮންމެ އަހަރެއްގެ އޮގަސްޓު 25 ވަނަ ދުވަހަކީ ބަންޑާރަނައިބުގެ އޮފީހުގެ އަހަރީ ދުވަހެވެ. މިއަހަރަކީ އެ އޮފީސް ވުޖޫދުވެގެން 75 އަހަރު ފުރޭ އަލިމަސް ޔޫބީލް އަހަރެވެ.

ބަންޑާރަނައިބުގެ އޮފީހަކީ ދިވެހި ދައުލަތުގެ ޤާނޫނީ ވަކީލުގެ ދައުރު އަދާކުރާ އެންމެ އިސް މުއައްސަސާއެވެ. މި އޮފީހުން ދައުލަތަށް ޤާނޫނީ ލަފާ ދިނުމާއި، ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: