ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ މުސްތަގުބަލު ބިނާކުރަން ޖެހޭނީ ރައްޔިތުންގެ ޓެކްސް ފައިސާއަކަށް ނޫން: މެންބަރު ހުސައިން

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ މުސްތަގުބަލު ބިނާކުރަން ޖެހޭނީ ރައްޔިތުންގެ ޓެކްސް ފައިސާއަކަށް ނޫންކަމަށާއި، ސަރުކާރުގެ އަމާޒު ހުރީ މި މަގުންކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށް، ޤާނޫނާ ތަޢާރުޒުވާނަމަ، މި އިސްލާޙަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ޙަރަކާތްތައް ހުއްޓާލަން ޖެހެއެވެ.

ހަމަމިއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައްބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މިއާއި އެއްގޮތަށް، ރިޔާސީ ދައުރަށް ނުވަތަ މަޖިލީސް މެންބަރުންގެ މަސައްކަތްތަކަށް ބަދަލުތަކެއް ނުގެންނަނީ ކީއްވެގެން ތޯ ސުވާލުކުރުމުން މެންބަރު ވިދާޅުވީ ކޮންމެ ކައުންސިލެއްގައިވެސް ވަރަށް ގިނަ މެންބަރުން ތިބޭކަމަށާއި، ނަމަވެސް ރަށަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށެވެ. ކައުންސިލުތަކުގެ ފަރާތުން ރަށަށް އެކަށީގެންވާ މަންފާ ނުކުރި ނަމަވެސް، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ވަރަށް ބޮޑެތި ހަރަދުތަކެއް ކުރާކަމަށް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން މި ކުރާ ހަރަދާއި، އަޅުގަނޑުމެންނަށް އިން ރިޓާންގައި ލިބެނީ ކޯއްޗެއްތޯ؟ މިއީ އަޅުގަނޑުމެން އެންމެންނަށްވެސް ރަނގަޅަކަށް މިކަންތައްތައް މިގޮތަށް މި ނިންމަނީ. ކައުންސިލަރުން މަދު ކުރުމަކީވެސް ހަމަ ރަނގަޅުކަމެއް، ރައްޔިތުންގެ މަޖިލީސް މެންބަރުން މަދުކުރުމަކީވެސް ރަނގަޅުކަމެއް.

މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ކައުންސިލަރުން މަދުކުރާ ފަދައިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަދުކުރުމަށްވެސް ތާއީދު ކުރާކަމަށެވެ. ކަންކަން ކުރަން ވާނީ ގައުމަށް ވަންނަ އާމްދަނީ އާއި އެއްގޮތަށްކަމަށް ވިދާޅުވިއެވެ. މުސްތަގުބަލު އުޖާލާ ކުރެވޭނީ މި މަގުންކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، ގައުމުގެ މުސްގުބަލު ބައްޓަން ކުރަންވާނީ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާގެ މައްޗަށް ނޫންކަމަށެވެ.

އޭގެ ބަދަލުގައި ގައުމުގެ އުފެންދުންތެރިކަން އިތުރު ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ކައުންސިލްތަކުން ހިތު ހުރި ގޮތަކަށް މަގާމުތަކަށް މީހުންވެސް ނަގާކަމަށެވެ. އަދި ކުންފުނިތައްވެސް އުފައްދަނީ އުސޫލެއް ނެތިކަމަށާއި، ވާ އެއްވެސް ފައިދާއެއް ނޯންނަކަމަށް ވިދާޅުވިއެވެ. އަދި އެ ކުންފުނިތަކަށްވެސް މީހުން ނަގާކަމަށެވެ. އެހެން ނަމަވެސް ހެޔޮ ނަތީޖާއެއް ނިކުތް ކުންފުންޏެއް މަދުކަމަށް ފާހަގަކުރެއްވިއެވެ.

ދައުރު ނިމެން އަހަރަކަށް ވީމައި ބައެއް ކަންކަން ގާނޫނުގައި މަނާކޮށްފައިވަނީ، އިންތިހާބަށް ކަނޑަ ޖަހާ އުސޫލުން ކަންކަން ކުރުން ހުއްޓުވުމަށްކަމަށް މެންބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: