ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަކުނުދޫ އެއާޕޯޓުގެ މަސައްކަތް؛ ރައީސް ދެއްވީ ނުހުއްޓި ކުރިޔަށްދާނެކަމުގެ ޔަގީންކަން!

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. މަކުނުދޫގައި އެއާޕޯޓެއް ގާއިމުވުމުން ދަތުރުފަތުރުގެ ގޮތުން ލިބޭ ކުރިއެރުމުގެ ސަބަބުން، ރަށުގެ އިގްތިސާދީ ތަރައްގީ އާ ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިވެ، ރައްޔިތުންނަށް ވަރަށް މުހިންމު ދޮރާށްޓަކަށް މި އެއާޕޯޓު ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރައީސް މުއިއްޒު ވަޑައިގެންފައި ވަނީ މަކުނުދޫއަށެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރައީސް މުއިއްޒު ވަޑައިގެންފައި ވަނީ މަކުނުދޫއަށެވެ.

”އެކަހެރި މަކުނުދޫ“ ގެ ނަމުން މަޝްހޫރު މަކުނުދޫއަކީ އެހެން ރަށްތަކާއި ދުރުގައި ރާއްޖޭގެ އެންމެ ހުޅަނގުގައި އޮންނަ ރަށެވެ. މި ރަށުގައި އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ބިން ހިއްކުމުގެ އެއްބަސްވުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ވަނީ ހަވާލުކޮށްފަ އެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރެވިފައި ވާތީ ރަށުގެ ރައްޔިތުންނަށް ރައީސް މުއިއްޒު ދެއްވީ މަޝްރޫއު އެއްވެސް ހުއްޓުމެއް ނެތި ކުރިޔަށް ދާނެކަމުގެ ޔަގީންކަމެވެ. މަކުނޫ އެއާޕޯޓު އެންމެ ފުރިހަމަ ގޮތުގައި ތަރައްގީކޮށް ދެއްވުމަށް ރިޔާސީ އިންތިހާބުގައި ވެސް ވައުދުވެވަޑައިގެން ރައީސް ވަނީ، ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް މި ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މަކުނުދޫއަކީ ރާއްޖޭގެ އަތޮޅުތައް ބެހިފައިވާ ގޮތަށް ބަލާއިރު، ވަރަށް އެކަހެރިކޮށް ހުޅަނގަށް އެންމެ ވަކިން އޮންނަ ރަށެއް ކަމަށާއި، ދަތުރުފަތުރު ކުރުމުގައި އެންމެ އުނދަގޫ އެއް ހިސާބުކަމަށްވުމުން، މިދިޔަ އަހަރުތަކުގައި ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް ރައީސް ވިދާޅުވި އެވެ.

”ދުރުރާސްތާއަށް ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުން ބަލާއިރު، މި ރަށުގައި އެއަރޕޯޓެއް ގާއިމުކުރުމަކީ ޒަރޫރީ ކަމެއް… ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަނީ… އެހެންވީމާ އެ މަޝްރޫއު ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަކުނުދޫގައި އެއާޕޯޓެއް ގާއިމުވުމުން ދަތުރުފަތުރުގެ ގޮތުން ލިބޭ ކުރިއެރުމުގެ ސަބަބުން، ރަށުގެ އިގްތިސާދީ ތަރައްގީ އާ ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިވެ، ރައްޔިތުންނަށް ވަރަށް މުހިންމު ދޮރާށްޓަކަށް މި އެއާޕޯޓު ވާނެ ކަމަށެވެ.

ބިން ހިއްކުމުގެ މި މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތުގެ ތެރޭގައި 22 ހެކްޓަރުގެ ބިން، ރަންވޭ އޮންނަ ވަރަށް ހިއްކުމާއި، ރަށުގެ ބޭނުންތަކަށް ގެދޮރު އެޅުމާއި އެހެނިހެން ބޭނުންތަކަށް ރަށަށް ބޭނުންވާނެ ބިން އިތުރުކުރުމާއި، އެއާޕޯޓުގެ ހުރިހާ އިންފްރާސްޓްރަކްޗަރ އެއް ގާއިމުކޮށް ނިންމުން ހިމެނެއެވެ.

މިއަދު އެމްޓީސީސީއާ ހަވާލުކުރެވުނު މި މަޝްރޫއު ނިމިގެންދާއިރު، މި ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ މަކުނުދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ވިދާޅުވީ ސަރުކާރުން ކުރިޔަށް ގެންދާ މި ޕްރޮޖެކްޓު އެއްވެސް ސަބަބަކާއި ހުރެ ނުހުއްޓި ކުރިޔަށް ދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: