ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ޚަރަދުގައި ކިޔަވަން ފޮނުވި މުވައްޒަފަކު އެއްބަސްވުމާ ޚިލާފުވުމުން 7 ލައްކަ ރުފިޔާގެ ޙުކުމެއް!

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ޚަރަދުގައި ކިޔަވަން ފޮނުވި މުވައްޒަފަކު، އެއްބަސްވި ގޮތަށް ނުކިޔަވައި އަދި ބޮންޑާ އެއްގޮތަށް ވަޒީފާ އަދާނުކުރުމުން، ހަތް ލައްކައެއްހާ ރުފިޔާ ދައްކަން ޖެހިއްޖެއެވެ.

މި މައްސަލައިގައި އެސްޓީއޯގެ ފަރާތުން ދައުވާކޮށްފައިވަނީ އެ މުވައްޒަފާއެކު 2010 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެއްގައެވެ. އެގޮތުން އެ މުވައްޒަފު ވަނީ ”އެސްޓީއޯގެ ޚަރަދުގައި ހިންގޭ އެކިއެކި ކޯސްތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންގެ އެއްބަސްވުމާއި އިޤުރާރު“ ގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމާއި އިޤުރާރުގައިވާގޮތުން އެ ކޯސް ފުރިހަމަ ކުރުމަށްފަހު، 5 އަހަރުގެ ބޮންޑެއްގެ ދަށުން އެސްޓީއޯއަށް ޚިދުމަތް ކޮށްދޭން ޖެހެއެވެ.

އެހެންނަމަވެސް، ކޯސް ފުރިހަމަ ނުކޮށް، ވަކި ހިސާބަކުން އެ މުވައްޒަފު ވަނީ އެސްޓީއޯގެ ވަޒީފާއިންވެސް ވަކިވެފައެވެ.

އެހެންކަމުން އެ ކޯހަށް އެސްޓީއޯއިން އެހާތަނަށް ކޮށްފައިވާ ޚަރަދަށް އެ މުވައްޒަފު ދައްކަންޖެހޭ 770،311.06 (ހަތްލައްކަ ހަތްދިހަހާސް ތިންސަތޭކަ އެގާރަ ރުފިޔާ ހަ ލާރި) އޭނާގެ ކިބައިން ހޯދުމަށް އެދި އެސްޓީއޯއިން ސިވިލް ކޯޓުގައި ދައުވާކުރީއެވެ.

މި ދައުވާ ހުށަހެޅުމުން ދައުވާގެ ދިފާއު ހުށަހަޅަން އިތުރު ވަގުތު ބޭނުންވާކަމަށް މުވައްޒަފުގެ ފަރާތުން ފާހަގަކުރިއެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އެ މުވައްޒަފުގެ ފަރާތުން ދިފާއު ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.

އެހެންކަމުން އެސްޓީއޯގެ ފަރާތުން އެދުނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޣައިރު ހާޒިރުގައި ޙުކުމްކޮށްދިނުމަށެވެ. އަދި އެސްޓީއޯއިން ވަނީ މުވައްޒަފަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލުތައްވެސް ކޯޓަށް ހުށަހަޅާފައެވެ.

އެ ކަންކަމަށް ތަފްސީލީ ގޮތެއްގައި ދިރާސާ ކުރުމަށްފަހު ކޯޓުން ނިންމީ އެ ކޯހަށް އެސްޓީއޯއިން އެހާތަނަށް ކޮށްފައިވާ ޚަރަދަށް އެ މުވައްޒަފު ދައްކަންޖެހޭ 770،311.06 (ހަތްލައްކަ ހަތްދިހަހާސް ތިންސަތޭކަ އެގާރަ ރުފިޔާ ހަ ލާރި) މުވައްޒަފު ދައްކަން ޖެހޭނެކަމަށެވެ.

އެހެންކަމުން އޯގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެން 14 ދުވަސް ތެރޭގައި އެ ފައިސާ ދައްކައި ޚަލާސް ކުރުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އަޙްމަދު ރަޝީދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: