“މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެސް 2019” ގެ ޕްލެޓިނަމް ސްްޕޮމްސަރަކަށް ސްޓޭޓް ޓްރެޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސަވައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެސްޓީއޯއާއި ޑރ.ރެޑީސް އިން އޭޑީކޭއާއިއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެެ ކުންފުނީގެ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ. އަދި އޭޑީކޭ ފަރާތުން އެ އެެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އަފްއާލުއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސާޖަން ޓީމުން އިސްނަގައިގެން ކުިރއަށް ގެންދާ އެ ކޮންފަރެންސްގެ މަގްސަދަކީ، އެ ދާއިރާގެ ރިސާޗްތަކާއި އައު ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖްރިބާކާރުންގެ މެދުގައި ހިއްސާ ކުރުމުގެ ފުރުސަތެއް ހޯދައި ދިނުމަށެވެ.
އެސްޓީއޯއިން މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފަދަ ކޮންފަރެންސްއެއް އެސްޓީއޯގެ ފަރާތުން ސްޕޮންސަރ ކޮށްދިނުމުގެ މަގުސަދަކީ ސިއްހީ ދާއިރާގެ އެކި ކަންކަމުގައި އެ ކުންފުންޏަށް ވެވެން އޮތްހާ އެހީތެރިކަމެއް ވެދުން ކަމަށެވެ.
އެ ކޮންފަރެނެސް ކުރިއަށް ގެންދިއުމަށް ހަމަޖެިހިފައިވަނީ މިމަހުގެ 17 ން 19 ގެ ނިޔަލަށެވެ.