ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2025ގެ އޮފިޝަލް ކޯޗިންގ ޕާޓްނަރުން އިއުލާންކޮށްފިއެވެ.
ޑީ.އެމް.އާރް.އާރްގެ އޮފިޝަލް ކޯޗިންގ ޕާޓްނަރުންނާއެކު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމަށް ތައްޔާރުވުމަށް ބައިވެރިންނަށް ހާއްސަ ކޯޗިންގ ހޯދުމުގެ ފުރުސަތު ހިލޭ ލިބިގެންދާނެއެވެ. މިއީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން ފަސޭހަކުރުމަށްޓަކައި 2018 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން މި އަހަރުގެ ކޯޗިންގ ޕާޓްނަރުންގެ ތެރޭގައި ހިމެނޭ އައިލެންޑް ރަނަރސް މޮލްޑިވްސްގެ ފަރާތުން ޑީ.އެމް.އާރް.އާރްގެ ބައިވެރިންނަށް 1 މަސް ދުވަހަށް ތަމްރީނު ވުމުގެ ފުރުސަތު ލިބިގެންދާނެއިރު އެލީޓް ރަނަރސްގެ ފަރާތުން ޑީ.އެމް.އާރް.އާރްގެ ބައިވެރިންނަށް ޕާސަނަލައިޒްޑް ޓްރެއިނިންގ ޕްރޮގްރާމަކާއެކު ތަމްރީނު ވުމުގެ ފުރުސަތު ލިބިގެންދާނެކަން ހާމަކޮށްފައިވެއެވެ.
ޕާޓުނަރުންގެ ތެރޭގައި ހިމެނޭ ނަސީރް ސްޕޯޓްސް އެކަޑަމީގެ ފަރާތުން ފުރަތަމަ ފަހަރަށް ޑީ.އެމް.އާރް.އާރްގައި ބައިވެރިވާ ފަރާތްތަކަށް ކޯޗް ނަސީރާއެކު ތަމްރީނު ވުމުގެ ފުރުސަތު ލިބޭނެކަން ހާމަކޮށްފައިވާއިރު ސާއިދް ސްޕޯޓްސްގެ ފަރާތުން ފުރަތަމަ ފަހަރަށް ޑީ.އެމް.އާރް.އާރްގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގައި ހުރި އެންމެ ހަލުވި ދުވުންތެރިޔާކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ތަމްރީނު ވުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައިވެއެވެ. އަދި ލެގަސީ ފިޓްނަސްގެ ފަރާތުން ފުރަތަމަ ފަހަރަށް ޑީ.އެމް.އާރް.އާރްގައި ބައިވެރިވާ ފަރާތްތަކަށް ޓްރެއިނާރ ރިޔާޝްއާއެކު ތަމްރީނު ވުމުގެ ފުރުސަތު.
ޑީ.އެމް.އާރްެ.އާރްގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރު 2025 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ބައިނަލްއަގްވާމީ ދުވުންތެރިން އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
މި ދުވުން އަދި ދުވުމާއި ގުޅުން ހުރި މައުލޫމާތު www.dmrr.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.

