ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ސަބަބުން ވިޔަފާރިކުރުމުގެ ކޭޝްފްލޯ އިތުރަށް އެހެން ކަންކަމަށް ބޭނުންކުރުމުގެލ ބޮޑު ފުރުސަތެއް ފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަޢީދު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެ، އުތުރުގެ އިގްތިސާދަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން މަޝްރޫއާއި ގުޅޭގޮތުން ސައީދު ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންގެ ސުވާލަކަށް ވާނީ އުތުރުގެ ކުޅުދުއްފުށީގެ ބަނދަރުން އަލަށް ވެގެންދާނެ ކަންތަކާއި ގުޅޭގޮތުން ކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ޖަވާބަކީ ވިޔަފާރިކުރުމުގެ ކޭޝްފްލޯ އިތުރަށް އެހެން ކަންކަމަށް ބޭނުންކުރުމުގެ ވަރަށް ބޮޑު ފުރުސަތެއް ފަހިވެގެންދިޔުމެވެ.
މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެސެންޝަލް ކޮންސިއުމަރ މުދަލާއި، ޑްރައި ގުޑްސް، ފްރިޖުގައި ކޮންޓެއިނަރައިޒްކޮށް، ޓެމްޕަރޭޗަރ ކޮންޓްރޯލް ކުރެވިގެން ބެހެއްޓޭ ހުރިހާ ސާމާނެއް، ސްޓޯ ކުރެވޭނެ ވަސީލަތްތައް ވަނީ ކުޅުދުއްފުށީގައި ގާއިމުވެފައެވެ.
ސައީދު އިތުރަށް ވިދާޅުވީ، މުދާ ގެނެސް ބޭލުމަކުން ޑިއުޓީއެއް ނުނަގާނެ ކަމަށެވެ. ޑިއުޓީ ނަގާނީ ރާއްޖޭގެ އަތޮޅުތެރެއަށް ނެރޭ މުދަލަށް ކަމަށާއި، އަތޮޅުތެރެއަށް މުދާ ނެރޭއިރު ކަސްޓަމްސް އިން ނިންމާނީ ޑިއުޓީ ނަގާނީ ރާއްޖެއަށް އިމްޕޯޓްވި ކަމަށް ބަލައިގެން ކަމަށެވެ. ދުނިޔޭގެ އެހެން ތަންތާނގައި މިކަހަލަ ކޮންސެޕްޓުތަކަށް ކިޔާ އުޅެނީ ފްރީޒޯން ނުވަތަ ޑިއުޓީ ފްރީޒޯން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެ ކުރިއާ ހިލާފަށް ރާއްޖޭގެ ހަމައެކަނި އެސެންޝަލް ކްރިޓިކަލް ކޮންސިއުމަރ މުދަލަށް ވަކި އިންޑެކްސެއް ގާއިމުކުރެވިގެން ތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި ވަރަށް ބޮޑު މަސައްކަތެއް ދިމާވި ވަރަށް ގިނަ ޗެލެންޖަސް ތެރޭގައި ވެސް ކުރިއަށްދާ ކަމަށާއި، މި މަސައްކަތްތައް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރަމުންދާކަމަށް ވިދާޅުވިއެވެ.

