ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފެކްސްއާއި ގުޅޭ ހާއްސަ ތަމްރީނު ޕްރޮގުރާމެއް އެމްއޭސީއެލްއާއި ފުލުހުން ކުރިއަށް ގެންގޮސްފި!

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް އެމްއޭސީއެލްއިން ފުލުހުންނަށް ހިންގައިފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފެކްސްގެ މައިގަނޑު މަޤްސަދަކީ ވީއައިއޭގެ އެމަޖެންސީ ޕްލޭނާއި، އެކި މުއައްސަސާތަކުގެ އެސްއޯޕީތަކާއި، އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭންތައް ޓެސްޓުކުރުމެވެ.

އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ހިންގި މި ތަމްރީނު ޕްރޮގްރާމުގައި، އެއާޕޯޓުގެ އެމަޖެންސީ ޕްލޭނާއި، މުއައްސަސާތަކުގެ ޒިންމާތަކާއި، އެމަޖެންސީ ވަސީލަތްތަކާއި، އިންސިޑެންޓް ކޮމާންޑް ސްޓްރަކްޗަރއާ ގުޅޭ މަޢުލޫމާތު ހިއްސާކުރެވުނެވެ. މީގެ އިތުރުން، އެމަޖެންސީ ހާލަތުގައި ފުލުހުންގެ ދައުރު ވެސް ފާހަގަކޮށްދެވުނެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ކުރިއަށްގެންދެވުނު މި ތަމްރީނު ޕްރޮގްރާމުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުން ޖުމުލަ 86 ފުލުހުން ބައިވެރިވެފައިވާކަމަށް ސާޖަންޓް އާދަމް ހަލީމް މަޢުލޫމާތު ދެއްވިއެވެ.

އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަންޖެހޭ މުހިންމު ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން އެމްއޭސީއެލްއިން ވަނީ އެއާޕޯޓުގެ ޑިޕާޓްމަންޓުތަކަށާއި، މާލޭގެ ހޮސްޕިޓަލްތަކަށާއި، މިނިސްޓްރީ އޮފް ހެލްތް އަދި މޯލްޑިވްސް ރެޑް ކްރެސެންޓްގެ އޮފިޝަލުންނަށް ވެސް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވީއައިއޭގައި އެންމެ ފަހުން އެފެކްސް ބޭއްވުނީ 2022 ވަނަ އަހަރުއެވެ. އެ އަހަރުގެ ހަރަކާތުގައި 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: