މާލެ ސަރަހައްދު، ތުލުސްދޫ ކައިރިގައި ދަތުރުކުރަމުންދިޔަ ދޯނި ބަނޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން މައުލޫމާތު ދެމުން ބުނެފައިވަނީ، ބަނޑުން ޖަހާލި ދޯންޏަކީ ”ލިއޯ“ ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. އަދި، އެ ދޯނި ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލައިގެން، އެ ހާދިސާއަށް، އެމްއެންޑީއެފްގެ މާލެ އޭރިއާ ސެކަންޑު ސްކޮޑްރަންއިން އެޓެންޑުވުމަށްޓަކައި، ހަރަކާތްތެރިވަމުންދާކަމަށެވެ.
މީގެއިތުރުން، އެ ދޯނި ބަންޑުން ޖާހާލިއިރު، އެ ދޯނީގައި ހ މީހަކު ތިބިއިރު، އޭގެ ތެރެއިން، އެއް މީހަކު ގެއްލިގެން ް އޭނާ ހޯދުމުގެ މަސައްކަތްތައް ކުރުމުގެ ގޮތުން، ތުލުސްދޫއިން ހަރަކާތްތެރިވި މީހުންނަށް އޭނަ ފެނިގެން، ސިއްހީ މަރުކަޒަށް ގެންދިޔަކަށެވެ. އެގޮތުން، އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް، އޭނާ އޮތީ ނިޔާވެފައިކަމަށް އެމްއެންޑީއެފްއަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
މި ހާދިސާގައި ނިޔާވީ މީހާގެ މައުލޫމާތެއް ހާމަކޮށްފައެއްނުވެއެވެ.

