ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާނީ މަސައްކަތްތަށް މިދިޔަ މަހުގެ ނިޔަލަށް 2.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ- ޕްލޭނިންގ މިނިސްޓްރީ

އުމްރާނީ މަސައްކަތްތަށް މިދިޔަ މަހުގެ ނިޔަލަށް 2.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ. ފޮޓޯ:ޕްލޭނިންގ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ ނިޔަލަށް މިސަރުކާރުން ހަވާލުކުރި އުމްރާނީ މަސައްކަތްތަކުގެ އަގު 2.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ޕްލޭނިންގް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ސަރުކާރުގެ ވުޒާރާތަކުން، ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދިނުމަށް ނޫސްވެރިންނަށްެ ޚާއްސަކޮށްގެން ޕްލޭނިން މިނިސްޓްރީގައި ބޭއްވި “ނުވަގަޑި ސައި” ގައި މައުލޫމާތުދެއްވަމުން ނެޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރު އަލީ ވިދާޅުވީ  މި ސަރުކާރުގެ މަސައްކަތުގެ ސްޕީޑު ދައްކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދިޔަ ނަމަވެސް  އެހެން ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ.

އަންވަރު ވިދާޅުވީ އަހަރުގެ މިހާހިސާބަށް އައިއިރު ދެ ކުުއާޓަރގެ މަސައްކަތްތަށް އެއްކޮލުމުން 1.8 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ކުންފުނިތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.  

ދެވަނަ ކުއާޓަރ ނިމުމަކާއި ހަމައަށް އައިއިރު އެކިފަރާތްތަކަށް އެވޯޑުކޮށްފައިވާ މަޝްރޫޢުތަކުގެ ޖުމްލަ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އަންވަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިއަހަރުގެ ޖޫންމަހުގެ ނިޔަލާ ހަމައަށް ޕަބްލިކް އިންވެސްޓާ ޕްރޮގްރާމްގެ ތެރެއިން 2.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވިފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

“މިދިޔަ އަހަރުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން މިއަހަރަށް ކުރިއަށްދާ ޕްރޮޖެކްޓްތަކާއި މިހާރު ކުރިަށްދާ ޕްރޮޖެކްޓްތަށް އެއްކޮށްލައިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްއައިޕީގެ ދަށުން 2.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވިފަ” އަންވަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލަން ތައްޔާރުވަމުން އަންނައިރު، އަންނަ އަހަރުގެ ތެރޭގައި ވެސް އުމްރާނީ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: