ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިތިބީ އަވަސް ރިޔާސީ އިންތިހާބެއްގެ އިންތިޒާރުގައި: މުހައްމަދު ޝަކީލް

ފޮޓޯ:ދި އެޑިޝަން... ޕީޕީއެމްގެ އެސްޖީ މުހައްމަދު ޝަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދުގެ ސަރުކާރަކީ ނާގާބިލް ސަރުކާރެއް ކަމަށާއި ގައުމު ހަމައަކަށް އެޅުވުމަށް އަލުން ރިޔާސީ އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝަކީލް ވިދާޅުވީ، އެމްޑީޕީގެ ތެރެއިން އަދުގެ ސަރުކާރު ގެންނަވަން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން މިއަދު ތިއްބެވީ މާޔޫސް ވެވަޑައިގެން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ގާބިލުކަން ހުރި ސަރުކާރެއް ނޫން ކަމަށް ގިނަ އެމްޑީޕީގެ ވަރަށް ގިނަ ސަޕޯޓަރުން ގަބޫލުފުޅު ކުރައްވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ތިއްބެވީ އަދުގެ ސަރުކާރަކީ ކަމެެއް ނުކުރެވޭ ސަރުކާރެއް ކަން ސާބިތު ކޮށްދެއްވުމަށްކަން ފާހަގަ ކުރައްވައި ޝަކީލް ވިދާޅުވީ އަނެއްކާވެސް ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ފުރުސަތަކަށް އެ ޕާޓީއިން ބަލަމުންދާ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނަކީ މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް ހަމައެކަނި އިދިކޮޅު ކޯލިޝަން ކަން ފާހަގަކުރައްވަމުން ޝަކީލް ވިދާޅުވީ، ދެން ތިބި ޕާޓީތަކަކީ ސަރުކާރުގެ ހިއްސާ ދާރުން ކަމަށެވެ.

އަވަަސް ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ނިޔަތުގައިވެސް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ގުޅިވަޑައި ނުގަންނަވާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ އެމްޑީޕީގެ ފިކުރާއި ޕީޕީއެމްގެ ފިކުރަކީ ގުޅޭނެ ފިކުރެއް ނޫން ކަމަށާއި، އެމްޑީޕީގެ ފިކުރަކީ ރައްޔިތުންނަށް އޮޅުވާލާ ދޮގު ހެދުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: