ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބުގެ ވާހަަކަ ހުއްޓާލައި ދެން އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވޭ: ޝަރީފް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް: ފޮޓޯ ވޮއިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވާހަކަ ހުއްޓާލާފައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުން ބުއްދިވެރި ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރސް ކޯލިޝަނަށް ރައްދުދެއްވައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ރިޔާސީ އިންތިޚާބުގެ ނަތީޖާ އާއި މެދު ވަނީ އެ ކޯލިަޝނުން ކުރިންވެސް ސުވާލު އުފައްދައި ބީދައިން ވާހަކަދައްކާފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ “މުސީބާތެއް” ކަމަށް ސިފަ ކުރައްވައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެ މުސީބާތް ގެނައީ ދިވެހި ރައްޔިތުން ނޫން ކަމަށެވެ.

ނުސީދާކޮށް ނަމަވެސް އެމަނިކުފާނު އެ ވާހަކަތައް ރައްދުކުރެއްވީ އިލެކްޝަންސް ކޮމިޝަނާއި ދިމާލަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓް އަމާޒު ކުރެއްވީ ބެލެވޭ ގޮތުގައި ރައީސް ޔާމީންގެ ނުސީދާ ރައްދުތަކަށެވެ.

“ރިޔާސީ އިންތިހާބު 2018 ގައި ރައްޔިތުން ވޯޓް ލީގޮތް އީސީން އިއުލާނު ކުރީ. ދެން ރިޔާސީ އިންތިހާބުގެ ވާހަަކަ ހުއްޓަވައިލައްވާ،” ޝަރީފް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކަންތައްތައް ދިޔަ ގޮތާ މެދު ރައީސް ޔާމީން ވަނީ މީގެ ކުރިންވެސް ސުވާލުތަކެއް އުފައްދަވާފައެވެ. ސުޕްރީމް ކޯޓަށް ވެސް އެ މައްސަލަ ހުށަހެޅުއްވި އެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރީ ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ސަބަބެއް ނެތް ކަމަށާއި ތަހުހީގެއް ހިންގުމަށް ހުރަހެއް ނެތް ކަމަށެވެ.

ރައީސް ޔާމީން އަބަދުވެސް އުފައްދަވައި ސުވާލަކީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާސް ނައްތައިލީ ކީއްވެތޯ އެވެ.

އިސީއިން ބުނީ އެކަން ކުރީ ގާނޫނާއި އެއްގޮތަށް ކަމަށެވެ. ފުލުހުންގެ ތަހުގީގެއް ހިނގަމުންދާކަމަށް އޭރު އިދާރާއިން ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް ތަހުހީގު ހިންގަން އުޅުނުކަން ފުުލުހުންގެ ތެރެއިން ވަނީ އެނގިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: