ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ރައްޔިތުންގެ އުންމީދުތައް ލޫޓުވާލައިފި: ޝާހިދު

އެމްޑީޕީގެ ރައީސް ޝާހިދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ އުންމީދުތައް މިހާރުގެ ސަރުކާރުން ލޫޓުވާލާފައިވާ ކަމަށް ބުނެ އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ސަރުކާރަށް ފަޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ”މިއަދު ދިވެހިންގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގައުމު ލޫޓުވާލަމުންދިއުން“ ކަމަށެވެ. އަދި ބަސްފޮތުން ”ލޫޓުވާލުން“ މި ބަހުގެ މާނައަކީ ފޭރުން ކަމަށާއި، ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަމުންދަނީ ސަރުކާރުން ދިވެހި ރައްޔިތުންގެ ހައްގުތަކާއި އުންމީދުތަކާއި ހަޒާނާވެސް ލޫޓުވާލާފައިވާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމަށް އިންތިހާބުކޮށްފައިވާ މަޖިލިސް މެންބަރުންގެ އަޑު ވަނީ ފޭރިގަނެފައެވެ. މީގެއިތުރުން، އަދުލު އިންސާފުގެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ ތެރޭގައި އޮތް އުންމީދާއި ޔަގީންކަންވެސް ވަނީ ނަގާލާފައި ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ދަނީ ދައުލަތުގެ ހަޒާނާގައި ހުރި ފައިސާ އެކި ގޮތްގޮތުން ބޭނުންކޮށް ހަގީގަތް އޮޅުވާލަމުންނެވެ. ޑްރޯންއާއި އެފަދަ އެހެނިހެން ސާމާނު ގަތުމުގެ ނަމުގައި ދައުލަތުގެ ހަޒާނާ ވަނީ ބޮޑުތަނުން ލޫޓުވާލާފައި ކަމަށާއި، ލާމަރުކަޒީ ނިޒާމުވެސް ވަނީ ފުނޑުފުނޑުކޮށްލާފައި ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށްވެސް އަމާޒުކޮށް، ސަރުކާރުން ދަނީ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރައްޔިތުން ކުރި އުންމީދުތައް ވަނީ ފުނޑުފުނޑުވެފައި ކަމަށާއި، އާސަންދައިގެ ހިދުމަތްތައް ހަރުދަނާކުރުމަށް ދެއްކި ވާހަކަތަކަކީވެސް ހަމައެކަނި ފޮނި ބަސްތަކެއް ކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: