ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއޯއީތަކުގެ ސެެކެޓްރީންގެ މަގާމަށް އައު އުސޫލެއް އެކުލަވާލައިފި

ޕީސީބީ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންގެ މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، އެ މަޤާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އާ އުސޫލެއް އެކުލަވާލައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ.) އިން ފާސްކޮށްފިއެވެ.

މި އުސޫލު ފާސްކޮށްފައިވަނީ 27 އޮގަސްޓް 2025 ގައި ބޭއްވި ޕީ.ސީ.ބީ.ގެ ޖަލްސާގައެވެ. މިއީ ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެކެވެ.

ޕީ.ސީ.ބީ.އިން ބުނި ގޮތުގައި، މި އުސޫލުގެ މައިގަނޑު މަޤްސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންނަކީ ކަމަށް އެކަށޭނެ ޤާބިލު ބަޔަކަށް ހެދުމަށާއި، މަޤާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުމަށާއި، އެ މަޤާމަށް މީހުން ނެގުމާއި މަޤާމުން ވަކިވުމާއި ވަކިކުރާނެ އުސޫލުތައް އެއް އުސޫލަކުން ދެފުށްފެންނަގޮތަކަށް ބަޔާންކުރުމެވެ. މީގެ އިތުރުން، ކުންފުނީގެ ސެކްރެޓަރީންގެ މަސައްކަތާއި، ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ މަޤާމަށް ދޭންޖެހޭ ހައިބަތާއި ޤަދަރު ލިބުމަށް މަގުފަހިކުރުމަށްވެސް މި އުސޫލުން ބާރު އަޅައެވެ.

މި އުސޫލުގައި، ކުންފުނީގެ ސެކްރެޓަރީގެ މަޤާމުގެ ތަޢުލީމާއި ތަޖުރިބާގެ ޝަރުޠުތަކާއި، މަޤާމުގެ ޒިންމާތަކާއި، ކުންފުނީގެ ސެކްރެޓަރީން އައްޔަނުކޮށް ވަކިކުރެވޭނެ އިޖުރާއަތުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މި އުސޫލުގެ ފުރިހަމަ ތަފްސީލުތައް ހިމެނޭ ސާރކިއުލާރ ޕީ.ސީ.ބީ.އިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: