ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރަން ފަންނީ ޤާބިލުކަމުގެ އޮނިގަނޑެއް އެކުލަވާލާ ޢަމަލުކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ޤާނޫނު އަސާސީއާއި، ކޮމިޝަނުގެ ޤާނޫނުން މަތިކޮށްފައިވާ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެކުލަވާލާފައިވާ ތަޞައްވުރަށް ވާޞިލުވުމަށާއި، ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ކޮމިޝަނުން ޤަބޫލުކުރާ ހަމަތައް ނެގެހެއްޓުމަށް ކޮމިޝަނުގެ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ ޤާބިލުކަމާއި، ފަންނީ ޤާބިލުކަން ކަނޑައަޅާފައިވާ މައި އޮނިގަނޑު މިއަދު އިފްތިތާޙުކޮށްފިއެވެ. މި ފްރޭމްވާކް އިފްތިތާޙުކޮށްދެއްވީ ކޮމިޝަނުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީއެވެ.

މި ފްރޭމްވޯކްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ލިޔެވި ފެންނަން އޮތުމާއި، ނަތީޖާ ރަނގަޅުކުރުމަށް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރުމުގެ އިތުރުން ކޮމިޝަނުގެ މުވައްޒަފުން އުނގެނި ދަސްކުރުމަށް ބޭނުންކުރެވޭނެ މަގުޗާޓެއް ތައްޔާރުކުރެވިފައި އޮތުން ހިމެނެއެވެ.

މި އޮނިގަނޑު އެކުލެވިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ”ޖެނެރަލް ކޮމްޕީޓެންސީ“، ”ޓެކްނިކަލް ކޮމްޕީޓެންސީ“ އަދި ”މެނޭޖީރިއަލް ކޮމްޕީޓެންސީ“އެވެ. މީގެ ތެރެއިން ”ޖެނެރަލް ކޮމްޕީޓެންސީ“އަކީ ހުރިހާ މުވައްޒަފުންގެ ކިބައިގައިވެސް ހުންނަންޖެހޭ އަސާސީ ސިފަތަކާއި ހުނަރުތަކެވެ. ”ޓެކްނިކަލް ކޮމްޕީޓަންސީ“އަކީ އެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން އެނގެންޖެހޭ ޢިލްމާއި މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަމެވެ. އަދި ”މެނޭޖީރިއަލް ކޮމްޕިޓެންސީ“އަކީ ވެރިންނަށް އެމީހުންގެ މަސްއޫލިއްޔަތުތައް ހަރުދަނާކަމާއެކު އަދާކުރުމަށާއި، އިދާރާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓީމުތަކަށް މަގުދެއްކުމަށް ބޭނުންވާ ހުނަރުތަކާއި، މަޢުލޫމާތާއި، އަމަލުތަކާއި އަދި ސިފަތަކެވެ.

މި ފްރޭމްވޯކްގައި ކޮންމެ ކޮމްޕީޓެންސީއެއްގައި ތިން ފަންތިއެއް ކަނޑައަޅާފައިވެއެވެ. އެއީ ބޭސިކް ލެވެލް (ލެވެލް 1)، އިންޓަމީޑިއޭޓް ލެވެލް (ލެވެލް 2) އަދި އެޑްވާންސް ލެވެލް (ލެވެލް 3) އެވެ. މި ލެވެލްތައް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ މަޤާމުތަކާއި ފަންތިތަކަށް ބަލައިގެންނެވެ.

މި ފްރޭމްވާކްގެ ސަބަބުން މުވައްޒަފުންނަށް އެ މުވައްޒަފެއްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތަކަކީ ކޮބައިކަން ސާފުކޮށް އެނގި ކޮމިޝަނަކީ ޤާބިލު މުވައްޒަފުންތަކެއް މަސައްކަތްކުރާ، ނަތީޖާ ނެރޭ މުއައްސަސާއަކަށް ވެގެންދާނެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: