ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބުރު ރައްކާތެރިކުރުމަކީ މުހިންމު ކަމެއް، އަބުރުގެ ގާނޫނެއް ގެންނަން ޖެހޭ: އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހެއްގެވެސް އަބުރު ރައްކާތެރި ކުރުމަކީ އިސްލާމް ދީނުގައިވެސް ބާރު އަޅާ ކަމެއް ކަމަށާއި އެހެންކަމުން އަބުރުގެ ގާނޫނެއް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު އިބްރާހިމް ވިދާޅުވީ ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތެއް ކަމަށެވެ. މެމްބަރު ވިދާޅުވީ ބައިނަލްއަގުވާމީއޭ ކިޔާފައި އެންމެންވެސް ވާހަކަދައްކާ ގައުމުތަކަކީ ޢައިރު ދީނުގެ ގައުމުތައް ކަމަށެވެ. ބައިނަލްއަގުވީ ގައުމުތަކުގެ ތެރެއިން 10 ގައުމެއް ކިޔާ ނަމަ އޭގެތެރެއިން 2 ގައުމަކީ އިސްލާމީ ގައުމުތައް ކަމަށާއި އަދި ބާކީ ގައުމުތައް ވާނީ ޔަހޫދީންނާއި ނަޞާރާ ދީންތަކަށް އަޅުކަން ކުރާ މީހުން ކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އެމީހުންގެ ”ބެސްޓް ޕްރެކްޓިސް“ ކޮންމެ ފަދަ އެއްޗަކަށްވެސް ވެދާނެ ކަމަށާއި އެމީހުންނަށް އަބުރު އަބުރަކަށްވެސް ނުވެދާނެ ކަމަށެވެ. އަބުރަކީ އިސްލާމްދީން ބާވާލެއްވުނު އަސާސީ 5 މަގްސަދުން އެކަތި ކަމަށް މެމްބަރު ވިދާޅުވިއެވެ. އަބުރަކީ ދައުލަތުންނާއި، ވަޒީރުންނާއި، އާއްމު ރައްޔިތުންނާއި އަދި ޓީވީ މީޑިއާ އާއި މިހެންގޮސް އެންމެންވެސް ހިފަހައްޓަންޖެހޭ އެއްޗެއް ކަމަށެވެ.

”ރައީސް ޔާމީންގެ ސަރުކާރުގައި އަބުރުގެ ބިލެއް ހުށައެޅީ އެއީ ރަނގަޅު ކަމެއް. އަބުރު ރައްކާތެރި ކުރުން އަނެއްކާވެސް މިދަންނަވަނީ ގާނޫނުއަސާސީ ބިނާވެފައިވަނީ އިސްލާމްދީން ހިމާޔަތް ކުރުން ކަމަށް ވާތީވެ އަސްލު މަސްދަރަކީ އެއީ ކަމަށް ވާތީވެ އިސްލާމް ދީނުގެ އެއް މުހިންމު އަސާސަކީ ރައްޔިތު މީހާގެ އަބުރު ހިމާޔަތް ކުރުން. ރައްޔިތެއްގެ އަބުރު ގެއްލިއްޖެ ނަމަ އޭނާ ކީއްކުރަން ދިރިއުޅެނީ؟ އޭނާއަށް އާމްދަނީ އެއްވެސް ނުލިބޭނެ އޭނާއަށް އެއްވެސް އެއްޗެއްވެސް ނުލިބޭނެ. އޭނައަކީ އެއްވެސް މީހެއްނޫން އިނގޭތޯ. މީހުން ގަދަރު ނުކުރާ މީހަކީ މީހެއް ނޫން“

މެމްބަރު ވިދާޅުވީ ގާނޫނުތައް ހެދެނީ ނުވަތަ ގަވާއިދުތައް ހެދެނީ ރެގިއުލޭޓްކޮށް އަމާންކަން ގާއިމްކޮށް ޔުނޮފޯމިޓީ އެއްކުރަން ކަމަށެވެ. މެމްބަރު ވިދާޅުވީ އަންނަ ހުރިހާ މުވައްސަސާއެއްގައި ތިއްބަވާ ބޭފުޅުން ގާނޫނުތައް ހަދަނީ އޭގެ ނާގާއިޒް މަންފާ ނަގަން ކަމަށް ގަބޫލުކުރެއްވުމަކީ ގޯހެއް ކަމަށެވެ. އެހެން އެވިސްނުން އަންނަ ކަމުގައި ވާނަމަ އެއީ ސިޔާސީ ވިސްނުމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

މިނިވަން މީޙެއް ނަމަ ބޭނުންވާނީ އެ މުވައްސަސާ އެގޮތުގައި އޮންނަން ކަމަށާއި، އެ މުވައްސަސާއަށް އަޔަނުވެސް ކުރަނީ ނޫސްވެރިންގެ ތެރެއިން މީހުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: