ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަނެއްކާވެސް އަތޮޅުތަކަށް!

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް ( މުންދު) ފޮޓޯ: 13 އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފ އަތޮޅާއި މ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅު މާދަމާ ފައްޓަވާނެކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕީއެންސީ އަދި ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ އެޕާޓީގެ މެމްބަރުންނާއި ރައީސް ޔާމީން ބައްދަލުކުރެއްވުމުގެ ގޮތުން އަރި އަތޮޅު ދެކުނު ބުރިއަށް މީގެ ކުރިން ކުރެއްވި ދަތުރުފުޅަކީ  ޕާޓީ ވަރުގަދަކުރުމަށް އެމަނިކުފާނު ކުރައްވަން ފެއްޓެވި މަސައްކަތްޕުޅުތަކުގެ ފުރަތަމަ މަރުހަލާ ކަމުގައެވެ.  

ހުސްވި ހަފްތާގައި ޕީޕީއެމް/ޕީއެންސީ އިން މާލޭގައި “ދަވާލައިފި” ނަމުގައި ބޭއްވި ޖަލްސާ ފާހަގަކުރައްވައި މުންދު ވިދާޅުވީ ރައީސް ޔާމީން މާދަމާއިން ފެށިގެން ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި މ އަތޮޅާއި ފ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.

މިދަތުރުގައި ޕާޓީގެ ލީޑަރޝިޕްގެ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މުންދު ވިދާޅުވިއެވެ. އަދި މި ދަތުރުގައި ޖުމްލަ 9 ރަށަކަށް ޕްރޮގްރެސިވް ކޯލިޝަނުން ވަޑައިގަންނަވާނެކަމަށް މުންދު ވިދާޅުވެފައިވެއެވެ. މުންދު ވިދާޅުވީ، އެ 9 ރަށަކީ  މ އަތޮޅާއި ފ އަތޮޅަށް ނިސްބަތްވާ ރަށްތަކެއް ކަމުގައެވެ.

މާދަމާ ފެށޭ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގައި ދިރިއުޅޭ ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެމަނިކުފާނު ބައްދަލުކުރައްވައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހަމަޖެހިފައިވާކަން މުންދުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: