ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ނިންމައިފި!

ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ބައެއް މެމްބަރުން: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ކޯޓްގެ ދެ ފަނޑިޔާރެއްގެ އިތުރުން ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 65 ވަނަ ބައްދަލުވުމުގައެވެ.

ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފް، ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި  ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބާ، ސިވިލްކޯޓްގެ ފަނޑިޔާރު ހަސަން ފަހީމް އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވެއެވެ.

ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފުގެ ސުލޫކީ ދެ މައްސަލައެއް ބެލުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވެއެވެ.

ޖޭއެސްސީން ބުނީ މިއަދުގެ ކޮމިޝަންގެ ބައްދަލުވުމަށް 31 މައްސަލައެއް ހުށައެޅުނު ކަމަށް ވިޔަސް އޭގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ މި ހަތަރު ބޭފުޅުންނާ ގުޅޭ ފަސް މައްސަލަ ކަމަށެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: