ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅު ބަނދަރު ހެދުމަށް 6 ލައްކަ ޑޮލަރު!

ގުޅީފަޅު ބަނދަރުގެ މާސްޓާޕްލޭން ހެދުން ސިންގަޕޫރު ކުންފުންޏަކަށް. ފޮޓޯ:ޕްލޭނިންގ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅު އަދި މާލޭ އުތުރުފަރާތު ބަނދަރުގެ މާސްޓާޕްލޭން ތައްޔާރު ކުރުމަށް ޕްލޭނިންގް މިނިސްޓްރީއިން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެންބަސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ގުޅީފަޅު އަދި މާލޭ އުތުރުފަރާތު ބަނދަރުގެ މާސްޓާޕްލޭން ތައްޔާރު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ އެޗްކިއު ކުންފުންޏާއެވެ.

https://twitter.com/MoNPImv/status/1174364007672643584?ref_src=twsrc%5Etfw%7Ctwcamp%5Etweetembed&ref_url=https%3A%2F%2Fsun.mv%2F124572

އެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވެފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

އެ މަޝްރޫއަށް ޖުމްލަ 650،000 އެމެރިކާ ޑޮލަރު ނުތަވަ 10,010,000ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މި އެއްބަސްވުމުން އެކުލަވާ ޕްލޭންގެ ސަބަބުން އިމްޕޯޓު މުދާ އަރުވާ ބޭލުމުގެ ކާރޫބާރޫއިން މާލެ ސަލާމަތް ކުރެވި، ގުދަންކުރުން ފަދަ ކަންކަން ގުޅީފަޅަށް ބަދަލުކުރެވި، ހުސް އަދި ހިތްފަސޭހަ ޖާގަ މާލޭގައި އިތުރުކުރެވޭނެ ކަމަށް ޕްލޭނިންގް މިނިސްޓްރީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: