ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕު އިންޑިއާގެ ވާހަކަތައްދައްކަމުން އައި ރާގަށް ބަދަލެއް؟

އެމެރިކާގެ ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޑިއާގެ ވާހަަކަތައް ދައްކަމުން އައި ރާގަށް ބަދަލުތަކެއް އައިސްފައިވާކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އެމެރިކާގެ އިގްތިސާދު ރަނގަޅުކުރުމުގެ ގޮތުން އަޅަމުންދިޔަ ފިޔަވަޅުތަކުގެ ތެރޭގައި އިންޑިއާގެ މައްޗަށްވެސް އެ ބީދައިން އަމަލުކުރެވިގެންގޮސްފައިވާއިރު ދާދި ފަހުން ޗައިނާގެ ވިކްޓަރީޑޭ ފާހަގަކުރުމުގެ މުނާސަބާގައި އިންޑިއާ ޗައިނާ އަދި ރަޝިއާގެ ވެރިންވަނީ ގާތުން ހަރަކާތްތެރިވަނިކޮށް ފެނިފައެވެ.

މިކަމާއި ގުޅިގެން ޓްރަމްޕަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އަމިއްލަ ސޯޝަލްމީޑިއާ ޕްލެޓްފޯމްކަމަށްވާ ޓްރުތް ސޯޝަލް މެދުވެރިކޮށް ޓްރަމްޕުވަނީ އެކަމަށް ޖަވާބުދާރީވެވަޑައިގެންފައެވެ. މީގެ ދުވަސްތަކެއް ކުރިން ޓްރަމްޕުވަނީ އިންޑިއާ އަދި ރަޝިއާ ޗައިނާއަށް ގެއްލިފައިވާކަމަށް ބުނެވެސް ޕޯސްޓެއް ކުރައްވާފައެވެ. ނަމަވެސް ފަހުން މިސްރާބު ބަދަލުކޮށްލައްވައި އަސްލު އެފަދަ ހާލަތެއް މެދުވެރިނުވާކަމަށް ޓްރަމްޕުވަނީ ސިފަކުރައްވާފައެވެ.

ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވައި ޓްރަމްޕު ވިދާޅުވީ، އިންޑިއާ އަދި ރަޝިއާ ޗައިނާއަށް ގެއްލިފައިނުވާކަމަށެވެ. ނަމަވެސް އިންޑިއާއިން ރަޝިއާގައި އުފައްދާ ތެޔޮ ގަންނަމުންދިއުމާއިމެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަމަށާއި އެކަން އަންގެވުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުއްވިކަމަށެވެ. މިގޮތުން އިންޑިއާއިން އެ ގައުމަށް އެތެރެކުރާ މުދަލުގެ މައްޗަށް 50 އިންސައްތައިގެ ޑިއުޓީއެއް ކަނޑައަޅާފައިވާކަމަށް އަލިއެޅުއްވިއިރު އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ދެމެދު ގުޅުން ރަނގަޅުކަމަށް ފާޙަގަކުރެއްވިއެވެ.

އެސްސީއޯ ސަމިޓުގައި ޗައިނާއާއިއެކު ރަޝިއާ އަދި އިންޑިއާގެ ވެރިން ފެނިގެންދިއުމާއިއެކު ކުރެއްވި ޕޯސްޓުގައި ޓްރަމްޕުވަނީ ޗައިނާއަކީ ކަޅު އަނދިރިގަނޑެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އިންޑިއާ އާއި ރަޝިއާ އެ ގައުމުގެ ކޮޅަށް ބުރަވެ ހުސްވަމުންދާކަމަށް ސިފަކުރެއްވިއިރު އެ ގައުމުތަކަށް ރަނގަޅު ދިގު ކުރިމަގަކަށް އެދިވަޑައިގަންނަވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ނޫސްތަކުންވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ފަރާތުން މިކަމުގެ މައުލޫމާތު ސާފުކުރުމަށް މަސައްކަތްކޮށްފައެވެ. އެ ގައުމުން ބުނެފައިވާގޮތުން ޑިއުޓީ ބޮޑުކުރުމުގެ ފިޔަވަޅެއް އަޅާފައިވާނަމަވެސް މިވަގުތު މަސަައްކަތްތައް ކުރަމުންދަނީ އެމެރިކާ ދެމެދު އޮތް ގުޅުން ދެމެހެއްޓުމަށެވެ. އަދި ޓްރަމްޕުގެ ސޯޝަލްމީޑިއާ ޕޯސްޓަށް ކޮމެންޓެއް ނެތްކަމަށްވެސް ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: