ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާގެ ކުޑަކުދިންނަށް ކާނާ ނުލިބި ސިއްހީ ދަތިތައް ކުރިމަތިވަނީ

ޣައްޒާގައި ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތްތައް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގައި ފަސް އަހަރު ދަށުގެ 7000އަށްވުރެ ގިނަ ކުދިންނަށް ކެއިންބުއިން ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ސިއްހީ ނުރައްކާތައް ކުރިމަތިވެފައިވާކަން އދއިން ހާމަކޮށްފިއެވެ.

އިސްރާއީލުން ހަމާސް ޖަމާއަތާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުވާލާފައިވާއިރު ގިނަ އަދަދެއްގެ މީހުންނަށްވަނީ ބަނޑުހައިހޫނުކަމާއި ކުރިމަތިލާންޖެހިފައެވެ. ޔުނިސެފުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން އެ ސަރަހައްދުގައި ހިންގާ ކްލިނިކުތަކުގެ ރިކަވަރީ ޕްރޮގްރާމްގައި ދެ ހަފްތާ ދުވަހުގެ މުއްދަތެއްގައި ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން 7000އަށްވުރެ ގިނަ ފަސް އަހަރު ދަށުގެ ކުދިން ބައިވެރިކޮށްފައިވެއެވެ. އޮގަސްޓު މަހުގެ ތަފާސްހިސާބުތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާއިރު މި އަދަދު ދެގުނަވާނެކަމަަށް އަންދާޒާކުރެވޭކަންވެސް މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ.

ޣައްޒާގައި ކެއިންބުއިން ހޯދުމުގެ ދަތިތައް ކުރިމަތިވެފައިވާކަން ރަސްމީގޮތުން އިއުލާނުކޮށާްފައިވާއިރު ވަށައިގެންވާ ސަރަަހައްދުތަކުންވެސް ހުސްވަމުންދާކަން ފާހަގަކުރެވޭކަމަށްވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދެއެވެ. ޔުނިސެފުން ބުނާގޮތުން މީހުން ބަނޑަށް ޖެހެމުންދާކަން ސާފުކޮށް ފެނިގެންދާކަމަށާއި ޣައްޒާ ނޫން އެހެނިހެން ސަރަހައްދުތަކުގައިވެސް މި ހާލަތު މެދުވެރިވަމުންދާކަމަށެވެ. ގާތުން ކިރު ދިނުމުގައިވެސް މައިންނަށް ދަތިތައް ކުރިމަތިވެ ތުއްތު ކުދިންނަށްވެސް ބޮޑެތި ނުރައްކާތައް ކުރިމަތިވެފައިވާކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން ޣައްޒާއަކީ ވިޔަފާރީގެ ގޮތުންވެސް ފާހަގަކުރެވޭ މިންވަރަށް ހަރަކާތްތެރި ސަރަހައްދެއްކަމަށްވާއިރު މިހާރު އެތަނަަކީ އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ އަމާޒެވެ. އެތަނުގައި އެތައް މިލިއަން ބަޔަކު ދިރިއުޅޭއިރު އެތަން ހުސްކުރުމަށް އިސްރާއީލުން މަސައްކަތްކުރަމުންދަނީ އެއީ ހަމާސްގެ ބާރުވެރިކަން އޮތްތަނެއްގެ ގޮތުގައި ސިފަކޮށެވެ.

އިސްރާއީލުން އެ ސަރަހައްދުގައި ބޮޑެތި ހަރަކާތްތަކެއް ހިންގުމަށް ރާވަމުންދާއިރު އެތައް ހާސް ބަޔަކަށް ގެދޮރު ދޫކޮށްދާންޖެހުމުގެ ދަތިކަން ކުރިމަތިވެގެންދާނެެއެވެ. މިހާރުވެސް އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކަށް އެކި ފަހަރުގެ މަތިން ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާއިރު ކުރިއަށް އޮތްތަނުގައި އެގޮތުގެ މަތިން އަމަލުނުކުރާނެކަމަށްވެސް ބައެއް ފަރާތްތަކުން ބުނާކަން ފާހަގަކުރެވެއެވެ.

އިސްރާއީލުގެ ސަބަބުން ދިމާވާ ދަތިތަކުން އަރައިގަތުމަށްޓަކައި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އދގެ މަންދޫބުން މަސައްކަތްކުރަމުންދެއެވެ. މިގޮތުން މަދު ބަދިގެތަކަކާއި އެފަދަ ކާރުހާނާތައް ހިންގަމުންދާއިރު ތަކެތީގެ އަގުވެސް އިންތިހާއަށް ބޮޑުވުމުގެ ދަތިކަން އޮތްކަމަށް އިޝާރާތްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: