ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފްގާނިސްތާނަށް ހަފްތާއެއްގެ ތެރޭގައި ތިން ބިންހެލުން!

އަފްގާނިސްތާނު ރައްޔިތުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަފްތާއެއްގެ ތެރޭގައި އަފްގާނިސްތާނަށް ތިން ބިންހެލުން އައިސްފިއެވެ.

ނޫސްތަކުން ބުނާގޮތުން އެންމެ ފަހުން އަފްގާނިސްތާނަށް އައިސްފައިވަނީ ރިކްޓާ ސްކޭލުން 5.6 ގެ މިންގަނޑުގެ ބިން ހެލުމެކެވެ. މިއީ 6 ދުވަހުގެ މުއްދަތެއްގެ ތެރޭގައި 3 ވަނަ ބިން ހެލުމެވެ. ނަމަވެސް ފުރަތަމަ ބިން ހެލުމާއިއެކު ގިނަ ބަޔަކު ނިޔާވިއިރު އަދިވެސް ގުނުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް އިޝާރާތްކޮށްފައިވެއެވެ.

ހަމަ ބިމާއި ގާތުން އައިކަމަށް ފާހަގަކުރެވުނު ތިން ވަަަނަ ބިންހެލުމާއިއެކު މީހުން ދިރިއުޅެމުންދިޔަ ތަންތަން ދޫކޮށް ނުކުތްކަމަށް ރިޕޯޓުތަކުގައިވާއިރު އެއްވެސް މީހަކު ނިޔާވިކަމަށް ރިޕޯޓުކޮށްފައިނުވެއެވެ. ނަމަވެސް ގިނަ އަދަދެއްގެ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން ސިއްހީ މަރުކަޒުތަކަށް ގެންދެވުނުކަން އެސަރަހައްދުގައި ހަރަކާތްތެރިވާ ސިއްހީ ދާއިރާގެ ހިދުމަތްތެރިން ހިއްސާކޮށްފައިވެއެވެ.

އެންމެ ފުރަތަމަ ބިން ހެލުމުގެ ސަބަބުން ނިޔާވިކަން ކަށަވަރުވާ މީހުންގެ އަދަދު 1368 އަކަށް އަރައެވެ. އަދި އަނިޔާވި މީހުން 2180 އަށް އަރާއިރު އދއިންވަނީ މިކަމުގެ އަސަރުތައް 25 އަވަށަކަށް ކުރިކަން ފާޙަގަކޮށްފައެވެ. ފަރުބަދަމަތީ ސަރަހައްދެއްކަމަށްވުމުން އެހީތެރިކަން ދިނުމުގެ މަސައްކަތްތަކުގައިވެސް ދަތިތައް ކުރިމަތިވާކަން ސަރުކާރުން ބުނާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ދެވަނައަށް އައި ބިންހެލުމާއިއެކު އެހީތެރިކަން ދިނުމުގެ މަސައްކަތްތައްވެސް މަޑުޖެހިގެންދިޔައެވެ. މިގޮތުން ބިންގަނޑު ކަނޑައިގެން ދިއުމާއިއެކު ބައެއް ސަރަހައްދުތަކަށް ވަނުމަށް އޮންނަ މަގު އެއްކޮށް ބަންދުވެގެންދިޔަކަމަށާއި ކުދި ކުދި ހެލުންތަކުގެ އަސަރުކުރަމުންދިޔަކަން ހާމަކޮށްފައިވެއެވެ.

ނޫސްތަކުން ބުނާގޮތުން އެ ސަރަހައްދުން މީހުން ހޯދުމުގެ މަސައްކަތްތަ ދަނީ ކުރަމުންނެވެ. އަދި ގެދޮރަށް އަނބުރާ ދިއުމުގެ ދަތިތައް ހުރި ފަރާތްތަކަށް ޓެންޓުތައްވެސް ތައްޔާރުކުރެވިފައިވާއިރު ފަސްޓެއިޑާއި އެހެނިހެން އެފަދަ އެހީ ފޯރުވުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. ތާލިބާނުގެ ސަރުކާރުންވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ރަޝިއާއިން އެކަނި ބަލައިގަނެފައިވާ ތާލިބާނު ސަރުކާރުންވަނީ ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިފައެވެ. އދއިން އެމަޖެންސީ ފަންޑުތައް ދޫކޮށްފައިވާއިރު އިނގިރޭސިވިލާތުންވެސް 1 މިލިއަން ޔޫރޯ ދިނުމަށް ކަނޑައަޅާފައިވެއެވެ. އަފްގާނިސްތާނަކީ އެ ގައުމު އޮންނަ ސަރަހައްދުގެ ސަބަބުން ވަރަށް ގިނައިން ބިންހެލުންތައް އަންނަ ގައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: