ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނިން ސަލާމާތްވާން މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދުލެއް ނުކުރާނެ: އަޒާން

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދަރަނީގެ މައްސަލައާ ގުޅޭގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ދައްކަވަމުންދާ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫގު ރައްދު ދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވަނީ ދަރަނިން ސަލާމާތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބުނެދޭންޖެހޭ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ފާޑުވިދާޅުވެފައެވެ. އަދި އެކަމަނާ ފަދަ އާދައިގެ ރައްޔިތުންނަށް މި ހާލަތުން އަރައިގަންނާނެ ގޮތް ފަހުމުވާނެ ގޮތެއްގައި ކިޔައިދޭންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިކަމަށް ރައްދު ދެއްވަމުން މެންބަރު އަޒާން ވިދާޅުވެފައިވަނީ، ޗައިނާ އަދި އިންޑިއާއިން ވެސް ވަނީ އެ ޤައުމުތަކަށް ދައްކަންޖެހޭ ބޮޑެތި ލޯނުތަކެއް ފަސްކޮށްދިނުމަށް އެއްބަސްވެފައި ކަމަށެވެ. މީގެއިތުރުން، 2026 ވަނަ އަހަރުގެ ތެރޭގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ރީފައިނޭންސް ކުރުމަށް ވަނީ ކަނޑައެޅިފައި ކަމަށްވެސް އަޒާން ފާހަގަކުރެއްވިއެވެ.

އަޒާން އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުން ދަރަނިން ސަލާމަތްވުމަށްޓަކައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދޫކޮށްލައި އަމާންދިނުމަކީ ނުކުރާނެ ކަމެއް ކަމަށެވެ. އަދި މާރިޔާ ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ހުންނެވިއިރު އަމަލުކުރެއްވީ އެގޮތަށް ކަމަށާއި، އޭރު ރާއްޖޭގެ މަސްލަހަތަށްވުރެ ބޮޑަށް އެހެން ޤައުމެއްގެ މަސްލަހަތު ދެމެހެއްޓުމުގައި ޝައުޤުވެރިކަން ގެންގުޅުއްވި ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު އަޒާން ނިންމާލެއްވީ، މާރިޔާ ކުރެއްވި ސުވާލަށް އެކަށީގެންވާ މިންވަރަށް ޖަވާބު ލިބިވަޑައިގެންނެވި ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: