ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުޅަހެޔޮ އާބާދީއެއްގެ ފެށުމަކީ ހަމައެކަނި ހެލްތު ފެސިލިޓީތައް ކަމުގައި ދެކުމަކީ ބޯދާ ހިޔާލެއް: ނާޒިމް

ޢަބްދުﷲ ނާޡިމް އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުޅަހެޔޮ އާބާދީއެއްގެ ފެށުމަކީ ހަމައެކަނި ހެލްތު ފެސިލިޓީތައް ކަމުގައި ދެކުމަކީ މަޒީވެ ގޮސްފައިވާ ބޯދާ ހިޔާލެއް ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ކޮމިއުނިޓީ އެލާޔަންސްއިން ބޭއްވި މެޑިކަލް ކޭޕްގައި ނާޒިމް ވިދާޅުވީ ދުޅަހެޔޮ އާބާދީއަކަށްވުރެ ބޮޑު ނިއުމަތެއް ގައުމަކަށް ނުލިބޭނެ ކަމަށެވެ. ގައުމުގެ އުފެއްދުންތެރިކަމާއި ގައުުގެ ކުރިއެރުން އެންމެ ބޮޑަށް ލާމެހިފައި އޮންނަނީ އެގައުމެއްގައި ދިރިއުޅޭ ބައެއްގެ ސިއްހަތާއި ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އުފާވެރި އާބާދީއެއް ދިރިއުޅޭ ތަނެއްގެ ގޮތުގައި ގައުމު ވެގެން ދިއުމުގެ ސަބަބުން ގައުމު ހިންހަމަ ޖެހި ގައުމަށް އުފާވެރިކަން ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތަކުން މިފަދަ ކަންކަމުގެ ރަނގަޅު ނަތީޖާ ހާސިލް ނުކުރެވޭނެ ކަމަށެވެ. އެފަދަ ކަންކަން ފެށޭ ހިސާބަކީ ހެލްތު ފެސިލިޓީތައް ކަމުގައި ދެކުމަކީ މާޒީވެގޮސްފައިވާ ބޯދަ ހިޔާލެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. ސިއްހީ ކަންކަމުގައި ދުޅަހެޔޮކަމުގެ މަސައްކަތް ފެށޭ ހިސާބަކީ އާއިލާތައް، ރައްހުމަތްތެރިން އަދި މުޖުތަމައުގެ އެންމެންގެ މަސައްކަތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

”އެހެންކަމުން ހުޅުމާލެ ކޮމިއުނިޓީ އެލާޔަންސް އިން މިފަދަ މަސައްކަތެއް އިންތިޒާމު ކުރައްވަވާ، ރާވައިގެން ހިންގަވާ ކަމަށްޓަކައި އެ ކޮމިޓީގެ މެމްބަރުންނަށް ޝުކުރު ދަންނަވަން. އަދި މިކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރެއް ދަންނަވަން. ހެލްތު ބިޔޯންޑް ހެލްތު. އެއީ މިހާރުގެ ސިއްހީ ކަންކަމާއި ބެހޭ އެންމެ މައިގަނޑު އެއް ޓޮޕިކް. މަގުމަތީގައި ދުއްވާތަކެތި ދުއްވާ ގޮތާއި، ޕާކުކޮށް އުޅޭ ގޮތާއި އެއީ ސިއްހަތާއި ގުޅުން ހުރި ކަމެއް. ރެސްޓޯރެންޓުގައި ކާބޯތަކެތި ތައްޔާރުކުރާ ގޮތާއި، ކާބޯތަކެއްތި ސާވް ކޮށްދޭ ގޮތްއެއީ ސިއްހަތާއި ގުޅޫން ހުރި ކަމެއް“

ކުޅިވަރު މުބާރާތްތައް ބާއްވާއިރު އެ މުބާރާތްތައް އިންތިޒާމު ކުރާ ގޮތާއި، އާއްމު އިޖުތިމާއީ ބިންތަކުގައި ކަސްރަތު ކުރާ ގޮތާއި އަދި ފިހާރއިގައި ކާއެއްޗެހި ވިއްކަން ހުންނަ ގޮތަކީވެސް ސިންހަތާ ގުޅުން ހުރި ކަންކަން ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒީމް ވިދާޅުވީ ”ހެލްތު ބިޔޯންޑް ހެލްތު“ އަކީ މިއީ ކަމަށެވެ.

އެފަދަ ކަންކަމަށް ރިއާޔަތް ނުކޮށް، ސިއްހީ ކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެވޭނެ ފިޔަވަޅުތައް ނާޅާ، މި އަބާދީ ދުޅަހެޔޮ ސިއްހަތެއްގައި ނުބޭއްވޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ސަރުކާރުންވެސް އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅޫވާ ލައްވާފައެވެ. އެގޮތުން ދުމާއި ދުންފަތާއި ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް މުޅި މުޖުތަައުގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރ ނާޒިމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: