ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެކްޓަރީއަކަށް ރެއިޑްކޮށް، ދެކުނު ކޮރެއާގެ ރައްޔިތުންތަކެއް ހައްޔަރުކުރުމުން އެ ގައުމުން ކުއްލި ބައްދަލުވުމެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ އެލްބަންގައި ހުރި ހަޔުންދާއީ ޕްލާންޓެއްގައި ހިންގި އިމިގްރޭޝަން ރެއިޑެއްގައި ގިނަ އަދަދެއްގެ ދެކުނު ކޮރެއާގެ ރައްޔިތުން ހައްޔަރުކުރުމާ ގުޅިގެން، އެ ޤައުމުގެ ސަރުކާރުން ކުއްލި ބައްދަލުވުމެއް ބާއްވައި، އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފިއެވެ.

ޖޯޖިއާގައި ހުންނަ މި ތަނަށް ދެކުނު ކޮރެއާއިން ވަނީ ޑިޕްލޮމެޓުން ފޮނުވާފައެވެ. އަދި ހަޔުންދާއީއާއެކު މި ޕްލާންޓް ހިންގާ އެލްޖީ އެނަރޖީ ސޮލިއުޝަންއިން ވަނީ އެމެރިކާއަށް ކުރާ ގިނަ ވިޔަފާރި ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ބެޓަރި އުފައްދާ މި ފެސިލިޓީން 475 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ގިނައީ ދެކުނު ކޮރެއާގެ ރައްޔިތުންނެވެ.

މި އޮޕަރޭޝަނާ ގުޅިގެން ވައިޓް ހައުސްއިން ވަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅިދާނެ ކަމުގެ ކަންބޮޑުވުންތައް ދޮގުކޮށްފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިއީ ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންނެއް ކަމަށާއި، އައިސީއީއިން ކުރަންޖެހޭ މަސައްކަތް ކުރީ ކަމަށެވެ.

ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރު ޗޯ ހިޔުން ވިދާޅުވީ އެ ޤައުމުގެ ރައްޔިތުން ހައްޔަރުކުރުމާ ގުޅިގެން ”ވަރަށް ބޮޑު ޒިންމާއެއް“ އުފުލަންޖެހޭ ކަމަށެވެ. އަދި މި މައްސަލައަށް އިޖާބަދިނުމަށް ”ބޭރުގައި ތިބޭ ކޮރެއާ ރައްޔިތުން ރައްކާތެރިކުރުމުގެ ޓާސްކް ފޯސްއެއް“ އުފައްދާފައިވާ ކަމަށާއި، ބޭނުންވެއްޖެނަމަ އޭނާ ވޮޝިންގްޓަނަށް ދަތުރުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހައްޔަރުކުރެވުނު އެލްޖީގެ ގިނަ މުވައްޒަފުންނަކީ އެކި ބާވަތުގެ ވީޒާތަކުގައި ނުވަތަ ވީޒާ ވޭވަރ ޕްރޮގްރާމްގެ ދަށުން ވިޔަފާރި ދަތުރުތަކުގައި ތިބި މީހުންނެވެ. ދެކުނު ކޮރެއާއަކީ އެމެރިކާގެ ގާތް އެކުވެރި ޤައުމެއް ކަމަށްވެފައި، ޓެރިފްތަކަށް ބަދަލު ގެނައުމަށްޓަކައި އެމެރިކާގެ މެނުފެކްޗަރިންގ ދާއިރާއަށް އިންވެސްޓްމަންޓް ކުރުމަށް ވަނީ ވަޢުދުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: