ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ އިންވެސްޓަރުންގެ ފައިދާ ރައްޔިތުންނަށް ކުރާނެ: ނައިބު ރައީސް

ކުރޮސް ރޯޑް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ދުނިޔޭގެ އެކި ޤައުމުތަކުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އިތުރުބާރަކަށް ވެގެންދާނެކަމަށް ރައީސުލްހުމްހުރިއްޔާ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ‘ކުރޮސް ރޯޑް މޯލްޑިވްސް’ ރަސްމީކޮށް ހުޅުވުމަށް ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރސައްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ބިޔަ މަޝްރޫޢަކީ ނުވަތަ ތަސައްވުރަކީ ރާއްޖޭގައި ހާޞިލުނުކުރެވޭ ވަރުގެ ކަންކަން ނޫކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކުރޮސްޜޯޑަކީ ހަމައެކަނި ފަތުރުވެރި ރިޒޯޓެއްގެ ޚިދުމަތްތަކަށްވުރެ ފުޅާދާއިރާއެއްގައި ޚިދުމަތްދޭ ތަނެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދައްކުވައިދޭ އެތައް ކަމެއް އޭގެތެރޭގައި ހިމެނޭކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ކުރޮސްރޯޑްގައި ހުންނަ ޑިސްކަވަރީ ސެންޓަރަކީ ރާއްޖޭގެ ތިމާވެއްޓާބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބިދޭނެ ތަނެއްކަމަށެވެ.

ކުރޮސް ރޯޑުގެ ސަބަބުން އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ވެގެންދާނެކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ކުރޮސް ރޯޑް މޯލްޑިވްސް އަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭގޮތަށް އެނބޫދޫ ފަޅުގައި ތަރައްޤީކޮށްފައިވާ މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ތަނެކެވެ.

ކުރޮސްރޯޑް ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީސް ވަނީ އެތަނުގައި ޤާއިމުކޮށްފައިވާ އެކިއެކި ޚިދުމަތްތައް ބައްލަވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: