ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 އަހަރުގެ ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން ޖެނުއަރީގައި ލޯންޗު ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ މާސްޓަ ޕްލޭން އަންނަ އަހަރުގެ ކުރީކޮޅު ލޯންޗުކުރާނެ ކަމަށް ”ވިލުންތެރި ރާއްޖެ“ ޓީމުން ބުނެފިއެވެ.

ގައުމީ ތަރައްގީގެ ޕްލޭނަށް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންސަލްޓެންސީ ފާމް، ނެކްސިއާ މޯލްޑިވްސް އިން އިއްޔެ ވަނީ ރަށްރަށަށް ދަތުރުކުރަން ފަށައިފައެވެ. އޭގެ ތެރެއިން 10 ޓީމަކުން މީހުން ދިރިއުޅޭ 186 ރަށަށް މި އަހަރު ނިމުމުގެ ކުރިން ޒިޔާރަތްކޮށް އާއްމުންނާއި ކަމާގުޅޭ ފަރާތްތައް އަދި ވިޔަފާރިވެރިންނާ ބައްދަލުކޮށް ހިޔާލު ހޯދާނެއެވެ. އޭގެ އިތުރުން، ތަފާތު އެކި ބައްދަލުވުންތަކާއި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ވެސް ތަރައްގީގެ ޕްލޭނަށް ހިޔާލު ހުށަހެޅޭނެއެވެ.

އުމްރާނީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީއާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. އަންނަ ޖެނުއަރީ މަސް ނިމޭ ހިސާބުގައި އެ ޕްލޭން ލޯންޗުކުރާނެ ކަމަށް އެޓީމުން ބުނެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ބަދަލުތައް ގެންނާނެކަން އިއުލާންކުރައްވައިފަ އެވެ. ރައީސްގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ 20 އަހަރުގެ ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށަން ކެބިނެޓުން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: