ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުގެ އުފެއްދުންތައް މާކެޓް ކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގައިފި

މަސްވެރިކަމުގެ އެ ޕްރޮގްރާމުގެ ބައިވެރިން.. ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް މަސްވެރިކަމުގެ އާ ވިޔަފާރީގެ ފުރުޞަތުތައް ރައްޔިތުންނަށް ފޯރުކޮށްދީ، މަސްވެރިކަމުގެ އުފެއްދުންތަކުން ނަފާ ހޯދުމުގެ ގޮތުން މ.އަތޮޅުގައި ހާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފިޝަރީޒް މިނިސްޓްރީ އިން ބުނީ، އެ ޕްރޮގްރާމު ހިންގާފައިވަނީ މިމަހުގެ 19 އިން 21 ގެ ނިޔަލަށް މ.ދިއްގަރުގައި ކަމަށެވެ.

އެ ޕްރޮގްރާމްގައި މ.ދިއްގަރު އަދި މ.ކޮޅުފުށީގައި މަހުގެ އުފެއްދުން އުފައްދާ ފަރާތްތައް ބައިވެރިވި ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ ތަމްރީނު ޕްރޮގްރާމްގައި މ.ދިއްގަރުން 9 ބައިވެރިން އަދި މ. ކޮޅުފުށިން 2 ބައިވެރިން ހިމެނޭ ގޮތަށް ޖުމްލަ 11 ބޭފުޅުން ބައިވެރިވެއެވެ. އޭގެތެރޭގައި، މަސްވެރިކަމުގެ ދައިރާގައި މ.އަތޮޅުގައި މިހާރުވެސް މަސައްކަތްކުރަމުންދާ ގިނަ ފަރާތްތަކެއް ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ދެވުނު ބައިތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތާއި، ވެލިއު އެޑިޝަން، ލޭބަލް އަދި ޕެކޭޖިންގ، މަހުގެ ކޮލިޓީ ދެމެހެއްޓުމާއި، މާކެޓިންގ، އަދި ކުދި ވިޔަފާރީގެ ހިސާބު ބެލެހެއްޓުން ހިމެނޭ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން މައުލޫމާތު ދިނެވެ.

އެ ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، މިނިސްޓްރީ އޮފް ފިޝަރީޒްގެ ސީނިއަރ ރިސަރޗް އޮފިސަރ އަޙްމަދު ރާޝިދު ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: