ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ޖަލު އެނެކްސްގައި ތިބި ގައިދީން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް އަމުރުކޮށްފި

ހިޔުމަން ރައިޓސް ކޮމިޝަންގެ ރައީސް އީނާސް :ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ޖަލު އެނެކްސްގައި (ރިމާންޑް ޖަލު) ތިބި ގައިދީން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އަމުރުކޮށްފިއެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިމާންޑު ޖަލުގެ ހާލަތު އެކޮމިޝަނުން ބެލުމަށްފަހު މިއަހަރުގެ އޭޕްރީލް 11 ގައި ރިމާންޑް ޖަލު ބަންދުކުރުމަށް އެންގުމުން، މި އަހަރުގެ އޭޕްރީލް 15 ގައި އެތަން ބަންދުކުރި ކަމަށް ކަރެކްޝަނުން އެންގި ކަމަށެވެ.

ނަމަވެސް އެޗްއާރުސީއެމުން އިއްޔެ ރިމާންޑު ޖަލަށް ޒިޔާރަތްކުރިއިރު ވެސް އެތަނުގައި 25 ގައިދީ އަކާއި ބަންދު މީހަކު ބަންދުގައި ބައިތިއްބާފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

ހަމައެހެންމެ އޭޕްރީލް 11 ވަނަ ދުވަހު ރިމާންޑު ޖަލަށް ޒިޔާރަތް ކުރިއިރު އެތަނުގެ ހާލަތު ހުރި މިންވަރަށްވުރެ، މިހާރު އެތަނުގެ ހާލަތު ދަށް ކަމަށާއި ރިމާންޑު ޖަލުގެ ތެރޭގައި ބާ ދަގަނޑާއި ކުދި ހިލަ ގޯންޏާއި ވެލި ގޯންޏާއި އަދި ގޮޅިތަކުގައި ހިރަފުސް ބޯވެފައި ހުރުމާއި ގޮޅިތައް ސާފުތާހިރު ނޫންކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ.

އެހެންކަމުން، ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލުކުރުމަކީ ދިވެހި ރައްޔިތުންގެ މައްޗަށާއި ދިވެހި ރާއްޖޭގެ ގާނުނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށް މި ގާނޫނުން ލާޒިމުކުރާކަމެއް ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާތީ މިއަދުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މާލޭ ޖަލު އެންކްސް (ރިމާންޑް ޖަލު) ގައި ތިބި ގައިދީންނާއި ބަންދު މީހުން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް އެޗްއާރްސީއެމުން ވަނީ އަންގާފައެވެ.

އަދި ރިމާންޑް ޖަލުގައި އެއްވެސް ގައިދީއެއް އަދި ބަންދު މީހެއް ބަންދު ނުކުރުމަށް ވެސް އެޗްއާރްސީއެމުން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: