ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮސްޕިޓަލްތަކަށް މެދު ނުކެނޑި ކަރަންޓުގެ ޚިދުމަތް ދޭންޖެހޭ: މިނިސްޓަރ

މަޝްރޫއުތަކުގައި ސޮއި ކުރުމުގެ ތެރެއިން...ފޮޓޯ:ހެލެތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ އަތޮޅަކާއި ރަށްރަށުގައި ހުންނަ ހޮސްޕިޓަލުތަކުން ކަރަންޓު ނުކެނޑި ޚިދުމަތް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުަގައި ހެެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރީޖަނަލް ހޮސްޕިޓަލެއްގެ ވޯރޑްތައް އެއަރ ކޮންޑިޝަން ކުރުމާއި، ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ޕަވަރ ހައުސް ސިސްޓަމް އަޕްގްރޭޑް ކުރުމާއި އަދި ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ނިއު ވިންގް އިމާރާތުގެ ބީ.އޯ.ކިއު. ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހެލެތް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުުން މިނިސްޓަރ ވިދާޅުވީ، ސޮއި ކުރެވުނު މަޝްރޫއުތައް ނިމި، ޚިދުމަތް ދެވެން ފެށުމުން ބަލި މީހުންނަށް ދެވޭ ޚިދުމަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އެ މަޝްރޫއުތަކަކީ ސިއްހީ ހިދުމަތްތައް މުޅިން އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރާ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށުނު ކަމުގެ ހެއްކެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާއަށް ގެނެވޭ ބަދަލުތަކާއި އެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ސިއްހީ ހިދުމަތްތައް ހޯދުމަށް ރައްޔިތުން އުފުލަން ޖެހޭ ތަކުލީފުތައް ކުޑަވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިއަދު ވަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުން ޕްރޯ އޭސީ އެންޑް އިންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ.

މީގެއިތުރުން، ޑރ.އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ވޯޑްތައް އޭސީ ކުރުމުގެ މަސައްކަތް ވަނީ އައިރިން އެންޓަ ޕްރައިސަސް ޕަރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. އަދި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އޭސީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރެފްކޫލާއިއެވެ.

ލ.ގަން ރީޖަނަލް ހޮސްޕިޓަލް ނިއުވިންގް ޑިޒައިން ކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހެދުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ޕަވަރ ހައުސް އިމާރާތްކުރުމުގެ މަސައްކަތް ވަނީ އައިރިން އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: