ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ މިލަދޫއާއި ލ.މާވަށުގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

ނ މިލަދޫއާއި ލ.މާވަށުގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއިހަވާލުކުރުން. ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ މިލަދޫއާއި ލ.މާވަށުގެ ބަނދަރުގެ ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނ.މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތާއި ލ.މާވަށުގެ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ އަޙުމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.

ނ.މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތަށް 42،183،081.60 ރުފިޔާ (ސާޅީސް ދެމިލިޔަން އެއްލައްކަ އަށްޑިހަ ތިންހާސް އަށްޑިހަ އެއް ރުފިޔާ ފަސްދޮޅަސް ލާރި) ޚަރަދުވާއިރު މަސައްކަތް ފަށާތާ 330 (10 މަސް) ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

މިލަދޫގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރޭގައި:

– 248 މީޓަރުގެ ބޮޑު ހިލަ ބޭރުތޮށި

– 286 މީޓަރު އެއްގަމު ތޮށި

– 02 ނެރުބައްތި

– 14 ބަނދަރު ބައްތި

– 01 ރޭމްޕް

– 1430 ސްކެއަރ މީޓަރު ޕޭވްމަންޓް

– 10 މޫރިންގ ބްލޮކްސް

– 20 މީޓަރު ގުރޯއިން

– ބަނދަރު ފުންކުރުން 36،215 ކިއުބިކް މީޓަރ

– ނެރު ފުންކުރުން 1000 ކިއުބިކް މީޓަރު

– 137 މީޓަރު ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ. ފޮޓޯ:ޕްލޭނިންގ މިނިސްޓްރީ

ލ.މާވަށުގެ ބަނދަރު ހެދުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެގޮތުން މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

މި މަޝްރޫޢުއަށް 27،376،010.50 ރުފިޔާ (ހަތާވީސް މިލިޔަން ތިން ލައްކަ ހަތްދިހަ ހަހާސް ދިހަ ރުފިޔާ ފަންސާސް ލާރި) ޚަރަދުވާނެއެވެ. މަސައްކަތް ފަށާތާ 330 (10 މަސް) ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އެއްބަސްވެފައެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފަިއވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

– 284 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި

– 110 މީޓަރު އެއްގަމު ތޮށި

– 40 މީޓަރު ރިވެޓްމަންޓް

– 02 ނެރު ބައްތި

– 01 ރޭމްޕް

– 550 އަކަމީޓަރުގެ ޕޭވްމަންޓް

– 10 މޫރިންގ ބުލޮކްސް

– ބަނދަރު ފުންކުރުން 15،300 ކިއުބިކް މީޓަރު

– ނެރު ފުންކުރުން 11،585 ކިއުބިކް މީޓަރ ހިމެނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: