ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާއެއްގައި ލިޔާ ހަބަރެއް ތިމާއަށް ކަމުނުދިއުމަކީ އެ މީޑިއާއެއް ކުށްވެރިވާން ޖެހޭ ސަބަބެއް ނޫން: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާއެއްގައި ލިޔާ ހަބަރެއް ތިމާއަށް ކަމުނުދިއުމަކީ އެ މީޑިއާއެއް ކުށްވެރިވާން ޖެހޭ ސަބަބެއް ނޫންކަމަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ޒިޔާދު މިހެން ވިދާޅުވީ ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޒިޔާދު ވިދާޅުވީ މިއަދު އަސްލު މީޑިއާއަކީ ކޮބައިކަން އޮޅޭވަރަށް މީޑިއާތައް ގިނަވެގެން ގޮސްފައިވާކަމަށެވެ. އަބަދުވެސް މެއިންސްޓްރީމް މީޑިއާތަކުގެ މެދުގައި ހަމަތަކެއް އޮތްކަމަށާއި، ނަމަވެސް މައްސަލަތައް ދިމާވާކަމަށް ގަބޫލުކުރައްވާކަމަށް ޒިޔާދު ވިދާޅުވިއެވެ.

މައްސަލަތައް ފެންމަތިވުމުން ކޮމިޝަންތަކަށް ހުށައަޅާކަމަށާއި އަދި ބައެއް ފަހަރު އެ ކަންކަމަށް ފިޔަވަޅުވެސް އަޅާކަމަށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ، އެހެންކަމުން މާ ބޮޑު މައްސަލައެއް މީގެ ތެރެއިން ފާހަގަވާކައް ނެތްކަމަށެވެ. އޭނާ މަޖިލީހުގައި ހޭދަކުރެއްވި ދެ ދައުރުގައިވެސް މީޑީއާ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަނާއިވެސް ބައްދަލުވާކަމަށާއި، އެ ތަންތަނުގެވެސް ހުށައެޅުންތަކެއް ހުންނަކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިކަންކަމަށް އަޅާނުލާކަމަށް ވިދާޅުވިއެވެ.

ވަކި ސަރުކާރަކުންވެސް އަދި ރައްޔިތުންގެ މަޖިލީހަކުންވެސް މާ ބޮޑު ސަމާލުކަމެއް ނުދޭ. ބުނެދޭން މިއުޅޭ ވާހަކައަކީ، މި އާ ގާނޫނުން މިހާރު މިއޮތް ގާނޫނުން ނޫސްވެރިންގެ ކަންބޮޑުވުން އެބަ އޮތް އިންތިހާއަށް. ހަމަ އެކަނި ރާއްޖޭގެ ނޫސްވެރިންނެއް ނޫން. ދުނިޔޭގެ ގައުމުތަކުންވެސް މިކަމާއި ދެކޮޅަށް، އެހެން މީޑިއާ ރެގިއުލޭޓުކުރާ ފަރާތްތަކުންވެސް އެބަ ކަންބޮޑުވުން ފާޅުކުރޭ.

ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ސަރުކާރުން މީޑިއާތައް ރެގިއުލޭޓުކުރުމަށްކަމަށް ބުނެ ތަސްދީގުކުރި ގާނޫނުގެ ސަބަބުން ކަންބޮޑުވުން އޮތީ ހަމައެކަނި ރާއްޖޭގެ ނޫސްވެރިންގެ އެކަނި ނޫންކަމަށެވެ. ބޭރުގެ އެކިއެކި ނޫސްވެރިންނާއި، މިކަމާއި ގުޅޭ ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާކަމަށް ޒިޔާދު ވިދާޅުވިއެވެ. ކުރަމުންދަނީ ޖާއިޒު ޝަކުވާއެއްކަމަށް ޒިޔާދު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

މި ގާނޫނާއި ސަރުކާރުން ހަވާލުވާން ބޭނުން ނުވާކަމަށާއި، އެހެން ނަމަވެސް ކަން ނިމިގެން ދިޔައީ ސަރުކާރުން ބިލުގެ ބަދަލުވެރިކަން ނަގައިގެންކަމަށް ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޒިޔާދު ވިދާޅުވީ ކުރެވޭ ތުހުމަތުތައްވެސް ރިޕޯޓުކުރެވެންވާނެކަމަށާއި، އެއީ ތެދު ދޮގު މިނާނެ ގޮތެއް ރާއްޖޭގައި ނެތީތީކަމަށް ޒިޔާދު ވިދާޅުވިއެވެ. ޒިންމާދާރު ގޮތެއްގައި މި ވާހަކަތައް ރިޕޯޓުކުރެވޭނެ ގޮތެއްވެސް ނޯންނާނެކަމަށާއި، އެއީ ނުފޫޒުގެ މައްސަލަތައް މި ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނަށް ނުފޯރާނެކަމާއިމެދު، އެއްވެސް ޔަގީންކަމެއް ނެތީތީކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މީހަކު ދައްކާ ވާހަކައަކީ އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާ ވާހަކައެއްކަމަށްވާނަމަ، އެ ވާހަކައެއް ދެއްކެން ޖެހޭނެކަމަށެވެ. ސަރުކާރުގެ ފަރާތުން މަޖިލީހުގައި ތިބި މެންބަރުންނަށް ނުފޫޒު ފޯރުވާ މިންވަރު މިހާރުވެސް ސާފުވާކަމަށާއި، އެހެންކަމުން ކޮމިޝަނުގައި ތިބޭ މެންބަރުންނަށް ނުފޫޒާއި ނުލާ، މީޑިއާތަކުގެ މެދުގައި ފެންމަތިވާ މައްސަލަތައް ބެލޭނެކަމާއިމެދު އެއްވެސް ޔަގީންކަމެއް ނެތްކަމަށް ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޒިޔާދު ފާހަގަކުރެއްވި ގޮތުގައި ދުވަހަކުވެސް ރައްޔިތުންނަށް މީޑިއާ ރަނގަޅުނުވާނެކަމަށެވެ. ތިމާ ހިތްހަމަ ނުޖެހޭ ހަބަރެއް ބަޔަކު ޝާއިއު ކުރުން އެއީ، އެ މީޑިއާއެއްގެ މައްސަލަ ނޫންކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: