އައިކެއަރ އޮޕްޓިކަލްސްއިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އައިކެއާއަކީ މިހާރު ވެސް ގިނަ ބަޔެއްގެ އިތުބާރު ލިބިފައިވާ ޚިދުމަތަކަށްވާއިރު، ކުރިއަށް އޮތް ސްކޫލް ޗުއްޓީއާ ދިމާކޮށް، އައިކެއާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަނީ 2 މީހަކަށް 3 ދުވަހުގެ މެލޭޝިއާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފައެވެ.
މި ޕްރޮމޯޝަންގައި އައިކެއާއިން ހައްދާ ކޮންމެ ނަންބަރު އައިނަކަށް 1،000 ރުފިޔާގެ ޑިސްކައުންޓް ވައުޗަރެއް ލިބޭނެއެވެ. އަދި އައިނު ގަންނަން މި ވައުޗަރ ބޭނުންކުރުމުން، މެލޭޝިއާ ދަތުރު ލިބޭ ލަކީޑްރޯގައި އޮޓޮމެޓިކުން ބައިވެރިވެވޭނެއެވެ.
މީގެ އިތުރުން، އައިނު ހައްދާ ފަރާތްތަކަށް ބޯނަހެއްގެ ގޮތުގައި 500 ރުފިޔާގެ ގިފްޓް ވައުޗަރެއް ވެސް ލިބޭނެއެވެ. ދެ ހަފުތާގެ މުއްދަތެއްގައި ބޭނުންކުރެވޭ މި ވައުޗަރ އާއިލާއާއި އެކުވެރިންނަށް ވެސް ހަދިޔާކުރެވޭނެއެވެ.
މި ޕްރޯޝަނުގެ ގްރޭންޑް ޕްރައިޒް ކަމަށްވާ މެލޭޝިއާގެ ދެ ޓިކެޓުގެ އިތުރަށް، ހޮޓަލެއްގައި ތިން ދުވަހަށް ތިބުމުގެ ޚަރަދާއި އެހެނިހެން ޚަރަދަށް 500 ޑޮލަރުވެސް ނަސީބުވެރި ފަރާތަށް ލިބިގެންދާނެއެވެ.
އައިކެއާއިން މި ދެނީ ފެންވަރު ރަނގަޅު އައިނު ހެދުމުގެ ޚިދުމަތުގެ އިތުރުން، ބޮޑެތި ޑިސްކައުންޓު ތަކާއި އާއިލާ އާއި ރައްޓެހިންނަށް ހަދިޔާއެއް ދިނުމުގެ ފުރުސަތާއެކު، ހަނދާނުން ފޮހެނުލެވޭ ފަދަ ޗުއްޓީއަކަށްވެސް ދިޔުމުގެ ފުރުސަތެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ގާއިމު ކުރެވިފައިވާ އައިކެއާ އޮޕްޓިކަލްސްގެ ކޮންމެ އައުޓްލެޓަކަށް ޒިޔާރަތްކޮށްގެން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭއިރު، މިއީ ކަސްޓަމަރުން އަބަދުވެސް އައިކެއާއަށް ކުރާ އިތުބާރަށް ޝުކުރުވެރިވުމުގެ ގޮތުން ފަށައިފައިވާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 21 ސެޕްޓެމްބަރުން ފެށިގެން 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ.
އައިނު ބަދަލުކުރުމަކީ ކޮންމެ އަހަރަކު ނުވަތަ ދެ އަހަރުން އެއް އަހަރު އާންމުކޮށް ކުރާ ކަމެކެވެ. އެއީ ދުނިގަނޑު ބަދަލުކޮށްލަން ނުވަތަ ލެންސްގެ ނަންބަރު ބަދަލުކުރުން ފަދަ ސަބަބުތަކަށް ޓަކައެވެ. ލޮލުގެ ފަރުވާއާ ގުޅޭ މިފަދަ ކަންކަމަށް، ރާއްޖޭގެ ގިނަ ބަޔަކަށް އެންމެ ކަމުދަނީ އައިކެއާއެވެ.

