ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް، ބާކީ 15 ރަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ޕޮލިސް ކޮމިޝަނަރ އިސްމާއިލް ނަވީން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ އެކި އިމާރާތްތަކުގައި ފުލުހުންގެ މަރުކަޒުތައް ހިންގަން ޖެހިފައިވާތީ ދިމާވާ ދަތިތައް ހައްލު ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު ބާކީ އިމާރާތް އެޅަން ޖެހޭ އޮތީ 15 ރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފ. ދަރަނބޫދޫ ޖަލްސާގައި ރައީސް ވިދާޅުވީ މިއީ ވެސް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ގިނަ ވައުދުތަކެއްވެފައިވާ ކަމަށެވެ. އެހެންކަމުން ހިދުމަތްތައް ފުޅާކޮށް، ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ކުރެވޭނެކަމުގައި ވިދާޅުވި އެވެ.

އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ބައެއް މަޝްރޫއުތައް އިފްތިތާހު ކުރެވި ސޮއި ކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިއްހީ މަރުކަޒަށް އިތުރު ކުރެވޭ އިމާރާތުން، ތަނަށް ބޭނުންވެފައިވާ ހުރިހާ ކަމަކާއި އެކު ވަސީލަތްތައް އިތުރު ކުރެވިގެން ދާނެކަމަށެވެ.

ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުގެ މަސައްކަތް ނިމުމާއި އެކު، ހިދުމަތް ދޭ ވަގުތު 16 ގަޑިއިރަށް އިތުރު ކުރައްވާނެކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށްދާ މުއްދަތުގެ ތެރޭގައި ވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ރައްޔިތުން ބޭނުންވާ ގޮތަށް ބައެއް ކަންކަން ހައްލު ކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ރައީސް ވަނީ ނަރުހެއް ނެގުމަށްޓަކައި އަންނަ ހަފްތާގެ ތެރޭގައި ސަރުކާރުން ދޫކުރަން ޖެހޭ ހުއްދަތައް ދޫކުރެވިގެންދާނެ ކަމަށެވެ.

ދެން މިއޮތީ ތައުލީމީ ދާއިރާގެ ވާހަކަ ހަގީގަތުގައި، މިކަން މިއީ ވަރަށް ބޮޑު މައްސަލައެއް.. އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވައުދުވިން މަލްޓިޕާޕަސް ހޯލްއެއް ހަދައިދޭނަމޭ.. އަދި މި މަޝްރޫއުއެއް އަޅުގަނޑުމެން އެއްވެސް ފަރާތަކާއި ހަވާލެއް ނުއެއްކުރަން.. ސްކޫލަށް ބޭނުންވޭ ރަނގަޅު ފެންވަރުގެ ހޯލެއް.. އަދި އެ މަސައްކަތް ކުރެވިގެންދާއިރު ތިން ކްލާހެއް އިތުރު ކުރެވިގެންދާ ގޮތަށް ކުރިޔަށް ގެންދަން ސްކޫލުން ބޭނުންވޭ..

ރައީސް ވިދާޅުވީ ރިޔާސި އިންތިހާބުގެ ދުވަސްވަރުން ފެށިގެން ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް އައި އެންމެ ބޮޑު ކަންބޮޑުވުމަކީ ސްކޫލުގެ ޖާގައިގެ ދަތިކަން ކަމަށެވެ. އެހެންވެ މަލްޓި ޕާޕަސް ހޯލް އެޅުމަށްވެފައިވާ ވައުދާއި އެއްގޮތަށް ތިން ކްލާސް ރޫމާއި އެކު މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މި އަހަރު ފެށުނު އިރު އެއްވެސް ވަރަކަށް ފުލުހުންގެ ހިދުމަތް ފެށިފައި ނެތް 39 ރަށް އޮތް ކަމަށެެވެ. އެހެންވެ ސަރުކާރުން ފުލުހުންގެ ހިދުމަތް މި ރަށްތަކުގައި ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތައް ކުރެވެމުންދާކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 100 އަށް ވުރެ ރަށުގައި ފުލުހުންގެ ހިދުމަތް ދިނުމަށް ބައެއް ތަންތަން ކުއްޔަށް ނަގައި އެކި ގޮތްގޮތުން ބޭނުން ކުރަމުންދާކަމަށެވެ. އޭގެ ތެރެއިން ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ އަމިއްލަ މަރުކަޒު އެޅުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާއިރު ދަރުނބޫދޫގައި ވެސް ފުލުހުންގެ އަމިއްލަ މަރުކަޒެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ބާކީ ގާތްގަނޑަކަށް 15 ވަރަކަށް ރަށް އެބައުޅޭ.. ހުރިހާ ރަށެއްގައި އަމަލީ ގޮތުން ފުލުހުންގެ މަރުކަޒު އެޅުމުގެ އަމަލީ މަސައްކަތް ފަށަން.. ސަބަބަކީ އަޅުގަނޑުމެން ބޭނުން ރައްޔިތުންނާއި މިހާ ގާތުން ހިދުމަތް ދޭ މުވައްސަސާއަކަށް.. އެ މުވައްސަސާއަކަށް ބޭނުންވާ ފެންވަރުގައި ހިދުމަތް ދެވޭނެ ގޮތް ފަހިކޮށްދޭން.. އަމިއްލަ އިމާރާތެއްގައި ހުރެގެން އެއްވެސް ފަރާތަކަށް އެކަމުގެ ސަބަބުން ފުލުހުންނަށް ވެސް ހިދުމަތް ދިނުމުގައި ހުރަސްތަކެއް ކުރިމަތި ނުވާ ގޮތަށް..

ރައީސް ވިދާޅުވި ގޮތުގައި ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި އަދި ބާކީ 15 ވަރަކަށް ރަށް އެބައޮތް ކަމަށެވެ. ބޭނުން ވަނީ ރައްޔިތުންނަށް ގާތުން ހިދުމަތް ދޭ މުވައްސަސާއަކަށް އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތަކާއި ހުންނަން ޖެހޭ ފެންވަރުގައި އަމިއްލަ މަރުކަޒެއް ހުރުންކަމުގައި ރައީސް ވިދާޅުވި އެވެ.

އާންމުންގެ އިމާރާތްތަކުގައި އެ ރަށެއްގެ ފުލުސް މަރުކަޒު ހިންގަން ޖެހިފައިވާތީ އެ މުވައްސަަސާއަށް ވެސް އޭގެ ދަތިތައް ދިމާވާކަމަށް ރައީސް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: