ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތަކަށް ފައިދާވާ ކަންކަމަކީ ކުޑަކަމެއްކަމަށް ބަޔަކަށް ހީވިޔަސް، ސަރުކާރުން އެކަންކަން ކޮށްދޭނެ: ސައީދު

ޕީއެންސީގެ ޖަގަހަ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ފަސޭހަވާ ކަންކަން ކޮށްދިނުމަކީ ކުޑަ ކަމެއްކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ހީވިނަމަވެސް، ސަރުކާރުން އެކަންކަން ކޮށްދިނުން ހުއްޓާނުލާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ، ރައްޔިތުންނަށް ދަތިވެ، ތަކުލީފަކަށްވެފައިވާ ކޮންމެ ކަމަކަށް އަވަސް ޙައްލެއް ހޯއްދެވުމަށް ރައީސް ޑރ.މުޢިއްޒު ރެއާއިދުވާލު ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އޭގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތް ރަށުން ލިބޭގޮތް ހެދުމާއި، ކޮންމެއަތޮޅަކުން އައިޑީކާޑު ޕްރިންޓްކުރެވުން ފަދަ މަޝްރޫއުތައް ހިމެނޭއިރު، އެއީ އާދައިގެ ކަންކަން ގޮތުގައި ބައެއް ސިޔާސީ ފަރާތްތަކަށް ހީވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ހެޔޮ އަގުގައި އައިނު ލިބޭގޮތަށް އެ ވިޔަފާރި ފެށުމާއި، އެއާއެމްބިޔުލާންސްގެ ޚިދުމަތާއި، ޑައެލިސިސް ސެންޓަރުތައް އިތުރުކުރުމާއި، އިތުރު ބާވަތްތަކުގެ އަސާސީ މުދާކަނޑައެޅުން ފަދަ ކަންކަމަކީ ސިޔާސީ ފަރާތްތަކަށް އާދައިގެ ކަންކަމަށްވެދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  އަދި ވިދާޅުވީ، ބަޔަކަށް އެއީ އާދައިގެ ކަންކަން ކަމަށް ހީވުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން އެ މަޝްރޫއުތައް ހުއްޓާލާނެ ސަބަބެއް ނޫން ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީއަށް ވެރިކަން ލިބުމުންވެސް ކަންކަން ރަނގަޅު ކުރުމުގެ ބަދަލުގައި މުޅިންވެސް ފަސޭހަގޮތް އިޙްތިޔާރުކުރުމުގެ ނަތީޖާ މިއަދު ޤައުމުން ފެންނަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސަލާމަތް ނުވާވަރަށް މިއަދު ޤައުމު ދަރުވާލާފައިވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ވެރިކަމާއި، މަޖިލިސްގެ ސްޕަމެޖޯރިޓީ ރައްޔިތުން ދިނުމުން، އެޖެންޑާ19 ތަފާތުވާނޭކިޔާފަ 2ފެކްޝަންގެ ޒުވާބަކަށްނޫންތޯދިޔައީ! ކުޑަމިނުން، ހުޅުވުނު ގޭދަށުމަސްފެކްޓްރީއެއްނެތްތާ، ބްރިޖެއްގެތަނބުވެސްޖަހާނުލެވުނު! އާދެ،އަދިވެސްއޭޓީއެމްހުޅުވުންއިތުރުވާނެ، ބާރަށްކުރިޔަށް

ރައީސް ރަށްރަށަށް ވަޑައިގެން އޭޓީއެމްގެ ޚިދުމަތްތައް އިފްތިތާޙު ކުރައްވަމުން ގެންދަވާއިރު، އެކަމާ ބައެއް ސިޔާސީ ފަރާތްތަކާއި، ނޫސްތަކުންވެސް ގެންދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެއީ ކުދި މަޝްރޫއުތަކުގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަ ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: