ޞިއްޙީ ޚިދުމަތްދޭ 05 ރަށެއްގެ ޢިމާރާތްތަކުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ޙަވާލުކޮށްފައިވަނީ ހެލްތް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން މި ރަސްމިއްޔާތުގައި ވެމްކޯއަށް 3 މަޝްރޫއެއް ޙަވާލުކޮށްފައިވާއިރު، އެމްޓީސީސީއަށް 2 މަޝްރޫއެއް ޙަވާލުކޮށްފައިވެއެވެ.
މި ޕްރޮޖެކްޓްތަކުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ، ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ، ބިޒިނަސް ޑެވެލޮޕްމަންޓް އެންޑް މާކެޓިންގ އިސްމާޢިލް އުބައިދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދުއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ހަވާލުކުރެވުނު ޕްރޮޖެކްޓްތައް:
ތ. ގުރައިދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް
ޕްރޮޖެކްޓް އަގު: 32.8 މިލިއަން ރުފިޔާ
ޕްރޮޖެކްޓްގެ މުއްދަތު: 325 ދުވަސް
ތ. މަޑިފުށީ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް
ޕްރޮޖެކްޓް އަގު: 12.8 މިލިއަން ރުފިޔާ
ޕްރޮޖެކްޓްގެ މުއްދަތު: 325 ދުވަސް
ތ. ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް
ޕްރޮޖެކްޓް އަގު: 12.8 މިލިއަން ރުފިޔާ
ޕްރޮޖެކްޓްގެ މުއްދަތު: 325 ދުވަސް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓިސީސީ) އާއި ހަވާލުކުރެވުނު ޕްރޮޖެކްޓްތައް:
އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް
ޕްރޮޖެކްޓް އަގު: 8.2 މިލިއަން ރުފިޔާ
ޕްރޮޖެކްޓްގެ މުއްދަތު: 300 ދުވަސް
ފ. ފީއަލީ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް
ޕްރޮޖެކްޓް އަގު: 21.6 މިލިއަން ރުފިޔާ
ޕްރޮޖެކްޓްގެ މުއްދަތު: 360 ދުވަސް

