ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ.ގެ 80 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ހަލީލް ނިއުޔޯކަށް ފުރާވަޑާއިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

އދ.ގެ 80 ވަނަ އާންމު މަޖިލީހުގައި ބައިވެރުވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ނިއުޔޯކަށް ފުރާވަޑާއިގެންފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވަނީ ނިއުޔޯކަށް ފުރާވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. މިއަހަރުގެ އދ. ގެ ބައްދަލުުމުގައި މަޝްވަރާކުރާ މުހިންމު ކަންކަތައްތަކުގެ ތެރޭގައި އިސްރާއިލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ހުއްޓުވަި، ސުލްހަ ކުރުން ހިމެނެއެވެ. އަދި މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި، މޫށުމީ ބަދަލުތަކާއި ގުޅޭ ކަންކަމާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގައި ބައިނަލްއަގުވާނީ ގޮތުން ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމުގެ މަޝްވަރާ ހިމެނެއެވެ.

އެގޮތުން ފަލަސްތީނު އިސްރާއީލް މައްސަލައިގައި ގައުމުތަކުން މުހިންމު ނިންމުންތަކެއް ނިންމާއިރު، ފްރާންސާއި، ބެލްޖިއަމް، މޯލްޓާއިން ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަކަން އދ.ގެ އާންމު މަޖިލީހުގައި ހާމަކުރާނެކަމަށް ބުނެފައެވެ.

އާންމު މަޖިލީހުގެ 80 ވަނަ ސެޝަން މި މަހުގެ ނުވަވަނަ ދުވަހު ވަނީ ފަށައިފައެވެ. ނަމަވެސް ބައިނަލްއަގްވާމީ ދުނިޔެ އެންމެ ބޮޑަށް އިންތިޒާރުކުރާ އަދި، ސަމާލުކަން ދޭނެ އެއް ކަމަކީ އަންނަ އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ”ހައި ލެވެލް ވީކް“ގެ ހަރަކާތްތަކެވެ. އެއީ މި ހަފުތާއެއްހާ ދުވަހުގެ ތެރޭ ގައުމުތަކުގެ ރައީސުންނާއި، ބޮޑުވަޒީރުންނާއި، ޚާރިޖީ ވަޒީރުން އދ.ގެ މަޖިލީހުގައި ތަގުރީރުކުރައްވައި މުހިންމު ކަންކަން ހާމަކުރައްވާނެތީއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: